ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ.
މިއަދަކީ މި ބަލީގައި ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި ދުވަހެވެ. އެއާއެކު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 79 އަށް އަރާފައެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ 700 އިން މަތީގައެވެ. އިއްޔެ އެކަނިވެސް 703 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި މިވަގުތުވެސް ކޮވިޑު ޖެހިފައިތިބި 7607 މީހުން އެބަތިއްބެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާ އިރު ކޮވިޑު ބަލި މީހުންނަށް ފަރުވާ ކުރުމުގައި ސިއްހީ އެހީތެރިން ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މިއަދު ފަސް ވަނަ މީހާ ނިޔާވެފައިވާ ކަން އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
5+ deaths of #COVID19 in #Maldives today.A huge no. for a small population.May Allah grant them Jannatul Firdous.& give patience to the families of the deceased.Its sad that strict restrictions come in the last days of Ramadan, however its for the greater good إِنْ شَاءَ ٱللَّٰهُ
— Dr. Mohamed Ali (@Moxamedalu) May 6, 2021
އެ ބަލީގައި އެއް ދުވަހެއްގައި ފަސް މީހަކު ނިޔާވެފައި މިވަނީ ކޮވިޑްގެ ނުރައްކާތެރި ހާލަތެއްގައި ރާއްޖެ ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!