އިނގިރޭސިވިލާތުގައި އޮތް ޖީ7 ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަކަށް ދިޔަ އިންޑިއާގެ ޑެލިގޭޝަންގެ ދެ މެމްބަރަކު ޕޮޒިޓިވްވެއްޖެއެވެ.

އިންޑިއާގެ ޑެލިގޭޝަނުގައި އިސްކޮށް ހުންނެވި އެގައުމުގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖަޔަޝަންކަރު މިއަދު ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ދެ މީހަކާއޭނާއާ ބައްދަލުވިކަން އިއްޔެ ވަނީ އަންގާފައެވެ. އެހެންކަމުން އޭނާ ވަނީ ދެން ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަން ނިންމަވައި އެކަހެރިވެވަޑައިގެންފައެވެ.

Ad
rt

"އަޅުގަނޑު ކޮވިޑަށް ހުށަހެޅިފައިވާ ކަމަށް ބެލެވޭ ކަމުގެ މައުލޫމާތު އިއްޔެ ވަނީ ލިބިފައި. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި އެހެން މީހުންނަށްބެލުމުގެ ގޮތުން، އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވާން އަޅުގަނޑު ނިންމައިފިން،" ޖަޔަޝަންކަރު ވިދާޅުވިއެވެ.

ޖަޔަޝަންކަރު އިއްޔެ ވަނީ އިނގިރޭސި ހޯމް ސެކްރެޓަރީ ޕްރިތީ ޕަޓޭލްއާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ގައިދުރުކަން ދަމަހައްޓާ، ރައްކާތެރިކަމުގެފިޔަވަޅުތައް އަޅާފައި ވާތީ އެ ބައްދަލުވުމުގައި ދެން ތިބި މީހުން އެކަހެރިވާން ނުޖެހޭނެ ކަމަށް އިނގިރޭސި ޕަބްލިކް ހެލްތުން ވަނީ ނިންމާފައެވެ.

އިނގިރޭސި ސަރުކާރުން ވަނީ އިންޑިއާ ޑެލިގޭޝަން އެއްކޮށް އެކަހެރިވާން އަންގައިފައެވެ.

ދުނިޔޭގެ އިގުތިސާދީ ގޮތުން އެންމެ ކުރި އަރާފައިވާ ހަތް ގައުމު ހިމެނޭ ޖީ7ގައި އިނގިރޭސިވިލާތް، ކެނެޑާ، ފްރާންސް، ޖަރުމަނު، އިޓަލީ، ޖަޕާން އަދި އެމެރިކާހިމެނެއެވެ. އަންނަ މަހު މި ބައްދަލުވުން ބާއްވަން ތާވަލު ކުރި ނަމަވެސް އެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އަންނަނީ އިނގިރޭސިވިލާތުގައި މަޝްވަރާތައްކުރަމުންނެވެ.