ކޮވިޑް ފެތުރުން ހުއްޓުމަށް އެޗްޕީއޭއިން އެޅި ފިޔަވަޅުތަކާ ގުޅިގެން މާލެ ސަރަހައްދުގައި ވެމްކޯއިން ހިދުމަތް ދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.
ވެމްކޯއިން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ކޯޕަރޭޝަންގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޓްރާންސްފާސްޓޭޝަނުން ހިދުމަތް ދޭނީ ހަވީރު 5:00 ޖެހުމާއި ހަމައަށް ކަމަށެވެ. އަދި ވެމްކޯ ކޯލް ސެންޓަރުގެ ހިދުމަތް ދޭނީ ހެނދުނު 09:00 އިން މެންދުރު ފަހު 3:00 އަށްކަމަށެވެ.
ވެމްކޯއިން ބުނީ މާލެ ސަރަހައްދުގެ ގޭބިސީތަކުން ދެން ކުނި ނަގާނީ ރޭގަނޑު 9:00 އިން 10:00 އަށް ކަމަށެވެ.
ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00އަށް ކާފިއު ހިންގުމަށް ވަނީނިންމާފައެވެ. މި ވަގުތުތަކުގައި ފުލުހުންގެ ހުއްދައާ ނުލައި ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!