ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަންގެ ސްކޮލާޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މި ޕްރޮގްރާމުގެ ދަށުން ސްކޯލާޝިޕް ލިބޭނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތު ސައިންސް އިން ފާމަސީ ކޯހުގެ ލެވެލް 4 ހަދާކުދިންނަށް ކަމަށެވެ. މިއީ މި މަހުގެ އިންޓެކްގެ ދަށުން ކޯހުގައި ބައިވެރިވާ ކުދިންނަށް ހުޅުވާލި ފުރުސަތެކެވެ.
މި ފުރުސަތުގެ ދަށުން ސްކޯލާޝިޕަށް އެދެން ބޭނުންވާ ދަރިވަރުން މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެސްޓީއޯއަށް ފޯމު ހުށަހަޅަން ޖެހޭނެއެވެ.
ފާމަސީ ލެވެލް ހަތަރެއްގެ ކޯހުގައި ބައިވެރިވެވޭނީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުން ތިން މާއްދާއިން ސީ ފާސް ލިބިފައިވާ ނުވަތަ ލެވެލް ތިނެއް ނިންމާފައިވާމީހުންނަށެވެ.
ސްކޯލާޝިޕް ލިބޭ ދަރިވަރުންގެ މުޅި ކޯސްފީ ދައްކާނީ އެސްޓީއޯއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!