މިއަހަރުގެ ފުރަތަމަ ކުއާޓާގައި އުރީދޫއަށް 112.3 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދަށް އަދަދެެކެވެ. ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައިފި އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންަޏަށް ލިބުނީ 159.7 މިލިއަން ރުފިޔާއެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ފައިދާ ހުރީ 142.99 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށްލިބުނީ 189.5 މިލިއަން ރުފިޔާއެވެ.
ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ އާމްދަނީ ވެސް ވަނީ ދަށްވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް 543 މިލިއަން ރުފިޔާގެ އާމްދަނީއެއްލިބިފައިވާއިރު މިއަހަރު ލިބުނީ 447.1 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި އުރީދޫއަށް ލިބުނު ފައިދާ ދަށްވި ނަމަވެސް މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފައިދާ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނީ 104.6 މިލިއަން ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!