އެމްޓީޑީސީ އަށް މިދިޔަ އަހަރު 50.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާގޮތުގައި މިއީ 2019 ވަނަ އަހަރަށް ވުރެ 115 އިންސައްތަ ބޮޑު ފައިދާއެކެވެ. އެމްޓީޑީސީން ބުނީ މިއީ ޓެކްސްނުލާ އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރު ކަމަށެވެ.
އެމްޓީޑީސީ އަށް ފައިދާ ލިބުނު އިރު އެ ކުންފުނިން، އެކި ރަށްރަށުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 13 މިލިއަން ޑޮލަރު ދެއްކުން މިދިޔަ އަހަރު ވަނީ ތިން އަހަރަށް ފަސްވެސް ކޮށްފައެވެ.
މިދިޔަ އަހަރަކީ 11 އަހަރަށް ފަހު އެ ކުންފުނިން ހިއްސާގެ ފައިދާ ބެހި އަހަރެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ލާރި ވަނީ ބަހައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!