ދައުރުކުރަމުންދާ ފޮޓޯއިން ފެންނަނީ ރެނދެއް ނޫންކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެ އެވެ.

އެމިނިސްޓްރީއިން މިހެން ވިދާޅުވީ ސިނަމާލެ ބްރިޖްގައި ރެނދުލާފައިވާ ކަމަށްބުނެ ދައުރު ކުރަމުންގެންދާ ފޮޓޯތަކާއި ގުޅޭގޮތުން މިއަދު ކުރި ޓްވިޓަކުންނެވެ.

Ad
rt

އެ މިނިސްޓްރީއިން ވިދާޅުވީ، އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމްގެ ފަރާތުން ވަނީ ސިނަމާލެ ބްރިޖްގައި ރެނދެއް ލާފައިވާ ކަމަށްބުނާ ސަރަހައްދުގެ އިންސްޕެކްޝަންއެއް ހަދާފައވާކަމަށެވެ.

މި އިންސްޕެކްޝަނުން މިހާރު ދައުރުކުރަމުންދާ ފޮޓޯއިން ފެންނަނީ ރެނދެއް ނޫންކަން ވަނީ ޔަގީން ކުރެވިފައެވެ. އަދި އެ ފޮޓޯއިން ފެންނަނީ ބްރިޖްގެ ޑެކްމަތީގައި ހިމެނޭ އެކްސްޕެންޝަން ޖޮއިންޓްތަކަކުން ފެން ފައިބާފައިވާ މާރކުތަކެއްކަން ފަނީ ފާހަގަކުރެވިފައެވެ.

އެމިނިސްޓްރީއިން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމިނިސްޓްރީއިން ވިދާޅުވީ މި މާރކުތައް މިހާރު ވާނީ ސާފުކުރެވިފައިވާކަމަށާއި މިކަން ހުރިހާ ފަރާތެއްގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.