މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ލިބުނުފައިދާ އިތުރުވެއްޖެއެވެ.

އެމްޓީސީސީގެ ރިޕޯޓު ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޓއކުހަށަ ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ވަނީ 72.5 މިލިއަން ރފުިޔާގެ ފައިދާއެއް ލިބިފައެވެ. މިއީމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 16.40 އިންސައްތަ ކުރިއެރުމެކެވެ.

Ad
rt

ޓެކްސްއަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 61.67 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފުފައިދާގެ ގޮތުގައި ލިބުނީ 52.98 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީގެ ކުއާޓާލީ ރިޕޯޓު ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަގައި 423 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 353.53 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި އެ ކުންފުނިން ވަނީ އުމްރާނީ ތަރައްގީގެ 77 މަޝްރޫއެއްގެ މަސައްކަތް ކޮށްފަ އެވެ. މީގެ ތެރެއިން ފަސް މަޝްރޫއެއްގެ މަސައްކަތް މިހާރުވަނީ ނިންމާލައިފަ އެވެ. އަދި 15 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއާޓާގައި ވަނީ ފަށައިފަ އެވެ.