މިދިޔަ އަހަރު އެމްއެމްއޭ އިން 633.9 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ އިދާރާ އިން ބުނެފިއެވެ.

އެމްއެމްއޭ ގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ މިދިޔަ އަހަރު ވިއްކި ޑޮލަރަކީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އެއް އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. މިދިޔައަހަރު ވިއްކި ޑޮލަރުގެ އަގު 9.7 ބިލިއަން ރުފިޔާ އަށް އަރައެވެ.

Ad
rt

މިދިޔަ އަހަރު ވިއްކި ޑޮލަރުގެ އަދަދު އިތުރު ކުރީ ކޮވިޑް19 އާއި ގުޅިގެން ދިމާވި ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދުމަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެގޮތުން، އެންމެގިނަ އަދަދެއްގެ ޑޮލަރު ވިއްކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު 392.8 މިލިއަން ޑޮލަރު ވިއްކި ކަމަށާއި މިއީ މިދިޔަ އަހަރު އެމްއެމްއޭ އިން ވިއްކި ޑޮލަރުގެ 62 އިންސައްތަ ކަމަށް ވެސްއެމްއެމްއޭ އިން ބުންޏެވެ. ނަމަވެސް މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ދެ އިންސައްތަ އިތުރު އަދަދެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ބޭންކުތަކަށް މިދޔަ އަހަރު ދޫކުރި ޑޮލަރުގެ އަދަދުވެސް ވަނީ އިތުރު ކޮށްފައެވެ. އެގޮތުން، ބޭންކުތަކަށް މިދިޔަ އަހަރު 241.1 މިލިއަން ޑޮަލަރު ވިއްކާފައިވާ ކަމަށްއެމްއެމްއޭ އިން ބުންޏެވެ. މިއީ 2019ވަނަ އަހަރު އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކި ޑޮލަރަށް ވުރެ ހަ އިންސައްތަ އިތުރު އަދަދެކެވެ.

އެމްއެމްއޭ އިން މިދިޔަ އަހަރު ބޭންކުތަކަށް ވިއްކި ޑޮލަރުގެ ތެރޭގައި ހިމެނެނީ ކޮންމެ ހަފުތާއަކު އެއްފަހަރު ބޭންކުތަކަށް ދޫކުރާ 171 މިލިއަން ޑޮލަރާއި، ރާއްޖެއިންބޭރަށް ބޭސް ފަރުވާއަށާއި ތައުލީމު ހާސިލްކުރުމަށް ދާ މީހުންނަސް ވިއްކި 14.1 މިލިއަން ޑޮލަރު ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.