ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 39 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

Ad
rt

މިއީ ރާއްޖެއިން މިބަލި ޖެހިގެން ނިޔާވި 74 ވަނަ މީހާއެވެ.

ރާއްޖޭގެ ކޯވިޑް ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ. މިއަދު ވެސް ވަނީ ރާއްޖެއިން 402 މީހަކު މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ. އިއްޔެ ޕޮޒިޓިވްވީ 465 މީހުންނެވެ. އޭގެ ކުރީ ދުވަހު 318 މީހުންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 5،221 މީހުންނެވެ. މިހާތަނަށް 24،934 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 161 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ

މިއަދުގެ ނިޔަލަށް ރާއްޖެއިން 30،237 މީހަކަށް ވަނީ ކޯވިޑް ބަލި ޖެހިފަ އެވެ.