މެހީގެ ޒަރީއާއިން ކޮވިޑް-19 ފެތުރިދާނެކަމަށް ކެންސަސް ސިޓީ ޔުނިވާސިޓީއިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
އެ ދިރާސާއިން ދައްކާގޮތުގައި ކޮވިޑް ޖެހިފައިވާ މީހަކާ ކައިރީގައި މެއްސެއް އުޅޭނަމަ 24 ގަޑިއިރު ތެރޭގައި އެ މެއްސަށް ބަލި ފެތުރިދާނެއެވެ. އަދި މެއްސަކީ މިގޮތަށް މި ބަލިފަތުރާ ފުރަތަ ސޫފިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ ދިރާސާއިން ދައްކައެވެ.
މި ދިރާސާ ހެދުމަށް ކެންސަސް ސްޓޭޓް ޔުނިވާސިޓީގެ ސައިންޓިސްޓުން ވަނީ ލެބުގައި މެހިތަކެއް ބައްޔަށް ހުށަހަޅައިފައެވެ. އަދި އެެއަށްފަހު މެހިތަކަށް ބަލިޖެހޭތޯވެސް ވަނީ ޓެސްޓުކޮށްފައެވެ. މި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވުމުން ދެން ސައިންސްވެރިން ބެލީ އެތަކެއްޗަށް ބަލި ފެތުރިދާނެތޯއެވެ. އެ ޓެސްޓުތައްވެސް ވަނީއެތައް ފަހަރެއްގެ މަތިން ޕޮޒިޓިވްވެފައެވެ.
މި ދިރާސާ ކޮށްފައިވަނީ ލެބެއްގައި ކަމުން އަދި އެއީ ގުދުރަތީގޮތުން ވެދާނެ ކަމެއް ކަމަށް ނުބެލެވެއެވެ. މިކަމުގެ ދިރާސާތައް މިހާރު ދަނީ ކުރަމުންނެވެ.
ކެންސަސް ސްޓޭޓް ޔުނިވާސިޓޫގެ ސައިންސްވެރިއަކު ބުނީ އެ ޓީމުން މި ޓެސްޓުތައް ހަދަން ނިންމީ ކޮވިޑް ފެތުރުނު ގޮތް ނޭނގޭ ކޭސްތައް ފެންނާތީ ކަމަށެވެ. އަދިމިއީ އޭގެ ސަބަބަކަށް ވެދާނެ ކަމަށާއި ނަމަވެސް ސީދާ އެއްޗެއް ބުނަން އެނގޭނީ އިތުރު ދިރާސާތަކަށް ފަހު ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި މެހިތައް ބަލި ފަތެރިނަމަވެސް އޭގެ ސަބަބުން މީހަކަށް ބަލި ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!