ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެންމެނަށް ވެސްކްސިން ދިނުމަށް "އައި އެމް ވެކްސިނޭޓެޑް" ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރތޮއްޔިބު މުހައްމަދުއެވެ.

Ad
rt

އެމްއެމްއެމް ޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފެށި މި ކެމްޕޭނުގެ ދަށުން ރާއްޖެއަކީ ދުނިޔޭގެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" މަންޒިލަށް ހަދަން މަސައްކަތްކުރެވޭނެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ފަތުރުވެރިން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، ފުލީ ވެކްސިނޭޓެޑް ދާއިރާއަކަށްވުމުން ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައިއިޝްތިހާރު ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބޭ ފުރިހަމަ ބާރަކަށް ވެގެންދާނެ،" ތޮއްޔިބު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭން ކޮވިޑް-19އާ ދެކޮޅަށް ނަގާފައިވާ ފިޔަވަޅުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އިތުބާރު ލިބިފައިވާފިޔަވަޅުތަކެއް ކަމަށެވެ. އަދި މި ކެމްޕޭނުގެ ދަށުން ޓޫރިސްޓުން ރާއްޖެއަށް އިތުބާރު ކުރާވަރު އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބަނަ އަހަރެއް. އެހެންނަމަވެސް އެ ހާލަތުގައި ވެސް ބޯޑަރު ހުޅުވައިގެން ހިދުމަތް ދޭން ފެށީމަ މިހާރު ރާއްޖެއަކީއެހެން ގައުމުތަކަށް މިސާލެއް. އަޅުގަނޑުމެން ބޭނުންވަނީ މިގޮތަށް ވީހާވެސް އަވަހަށް ޓޫރިޒަމް ދާއިރާގެ އެންމެން ދެ ޑޯޒު ފުރިހަމަކުރަން،" މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ތެރެއިން ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރާ ކޮންމެ މީހަކަށް ބެޖެއް ލިބޭނެއެވެ. އަދި މީސް މީޑިއާގެ މަންސަތަކުން އެ މީހުންގެވީޑިއޯތަކާއި ފޮޓޯތައް ވެސް އާއްމު ކުރާނެއެވެ.

މީގެ އިތުރުން ވެކްސިން ފުރިހަމަ ކުރާ ރިސޯޓުތަކާއި ޓޫރިސްޓު ފެސިލިޓީތަކުގެ މައުލޫމާތު އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓުންނަށް ފޯރުކޮށްދޭނެއެވެ.