މާލޭ ސިޓީގެ ރައްޔިތުންގެ ހިޔާލާއި، މަޝްވަރާ ނުހޯދާ މާލޭގެ މަގުތަކަށް ވެހިކަލްތައް އިތުރުވާނެ ގޮތަށް ކަންކަން ނުނިންމުމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ޓެގް ކުރަށްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

ޑރ. މުޢިއްޒު ވިދާޅުވީ، މާލޭ ސިޓީގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއިނުލައި، އެއްވެސް ހިފެހެއްޓުމެއްނެތި މާލޭ ސިޓީގެ މަގުތައް މައްޗަށް ވެހިކަލްތައް އިތުރުވާނެ ގޮތަށް އެއްވެސް ޤާނޫނެއް، ޤަވާޢިދެއް އިސްލާޙް ނުކުރުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެގޮތަށް އެދިވަޑައިގަންނަވަނީ މާލޭ ސިޓީގެ ރައްޔިތުންގެ ޙައްޤުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުޢިއްޒު މިގޮތަށް އެދިވަޑައިގެންފައިވާއިރު، މިދިއަ އާދީއްތަ ދުވަހު ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ވަނީ ގަރާޖެއްގައި ޕާކު ކުރެވޭނެ ކަމުގެ ލިޔުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ރަޖިސްޓާ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ކުރަން ނިންމާފަ އެވެ.

ގަރާޖު ސިޓީއަކާ ނުލައި ކާރާއި ޕިކަޕު ފަދަ އުޅަނދުތައް ރަޖިސްޓާ ކުރެވޭ ގޮތް ހަދަން މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އޭނާ އެ އިސްލާހު ހުށަހެޅުއްވީ ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން އެކަމުގެ ނާޖާއިޒް ފައިދާ ނަގައި ގަރާޖު ފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލަ ހައްލު ކުރުމުގެ ބޭނުމުގައި ކަމަށް އެ ބިލުގައި ބުނެފައިވެ އެެވެ.

އެ މައްސަލަ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ދިރާސާ ކުރިއިރު ވަނީ މާލެ ސިޓީ ކައުންސިލާއި ފުލުހުން އަދި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލުން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެ އިދާރާތަކުގެ ލަފަޔާ އެކު ކޮމިޓީން ނިންމާފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ރ) އިސްލާހު ކުރުމެވެ. އެގޮތުން ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދެއް ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމްނުވާ ގޮތަށް އެ މާއްދާ އިސްލާހު ކުރި އެވެ.