އދ. ދަނގެތީގައި ތަރާވީހް ނަމާދު ކުރަމުން ދަނިކޮށް މިސްކިތުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި ފަންޑުފޮށި އެރަށު ގޯއްޗެއްގެ ތެރެއަށް އެއްލާލާފައި އޮށްވާ ފެނިއްޖެއެވެ.
ދަނގެތި މިސްކިތުގައި ބަހައްޓާފައިހުރި ފަންޑު ފޮށްޓެއް ވަގަށް ނަގާފައިވާކަމުގެ މައުލޫމާތު ރޭ 21:15 ހައިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަ ކުރަށްވާފަ އެވެ.
ދަނގެތީ މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑް ފޮށްޓަކީ އެ ރަށު ޖަމިއްޔާތަކާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާއި ގުޅިގެން ފަގީރުންނަށް އެހީވުމަށާއި ސަދަގާތް ކުރުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި ބެހެއްޓި ފޮށްޓެއް ކަަމަށް މައުލޫމާތު ލިބެއެވެ.
ފަންޑުފޮށި ނެތްކަން އެނގުނީ ނަމާދުން ފައިބައިގެން އާދައިގެ މަތިން ކޮންމެ ރެއަކު ވެސް ފޮށި ގެންދާ މީހުން ފޮށި ގެންދިއުމަށް ބެލި އިރު އެފޮށި ނެތުމުންނެވެ.
އެ ފޮށި ގެއްލިގެން ހޯދާ ބެލިއިރު، އެ ފޮށި ފެނިފައިވަނީ މިސްކިތް ކައިރި ފަޅު ގޯއްޗެއްގެ ތެރެއިންނެވެ. އޭރު އެފޮށި އޮތީ ތަޅާލާފައެވެ.
ފަންޑް ފޮށި ގެއްލުނުއިރު އެ ފޮށީގައި 6،000 އަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށްވެސް ދަނގެތީގެ ބައެއް މީހުން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!