ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮންލައިން ޕޭަމަންޓް ޕްލެޓްފޯމް "އަވަސްޕޭ" އަޕްގްރޭޑް ކޮށް އަލުން ތައާރަފުކޮށްފިއެވެ.
އަލަށް ތައާރަފު ކުރި ވެބްސައިޓަކީ މޯބައިލް ފޯނާއި އެހެން ޑިވައިސްތަކުންވެސް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް ވެމްކޯއިންބުންޏެވެ. އަދި ބީއެމްއެލްގެ އިތުރުން އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ކާޑުތަކުންވެސް މިހާރު ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ވެބްސައިޓު މެދުވެރިކޮށް މިހާތަނަަށް ދައްކާފައި ހުރި ބިލުތަކުގެ ތަފްސީލާއި ނުދައްކާ ހުރި ބިލްތަކުގެ ތަފްސީލު ވެސް ބަލައިލެވޭނެއެވެ.
We're excited to launch the new and upgraded WAMCO AvasPay — https://t.co/VdN0CBFov9
⚡️Fresh and responsive, pay with @bankofmaldives and @mibmv cards, view your payment history and pending bills. It's easy and quick with AvasPay. #AvasKohAvasPay pic.twitter.com/5F0OdAorfu
— Waste Management Corporation Limited (WAMCO) (@WAMCOmv) April 25, 2021
ވެމްކޯއިން ބުނިގޮތުގައި މި ވެބްސައިޓަކީ ގޭގައި ތިބެގެން ބިލަށް ފައިސާ ދެއްކުމަށް ތައާރަފު ކުރި ވެބްސައިޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!