އެމްޓީސީސީން އެކުންފުނީގެ 70 ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން އެކުންފުނިން ބުނީ، ވަޒީފާތަކަށް ހުޅުވާލާފައިވަނީ ހދ. ހއ. އަދި ށ އަތޮޅުގެ ރައްތަކަށް ހާއްސަ ކޮށްގެން ކަމަށެވެ. އަދި މި ވަޒީފާތަކުގެ 50 އިންސައްތަ ހާއްސަ ކޮށްފައިވަނީ، އަންހެނުންނަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި ވަޒީފާތަކަށް ކުރިމަތި ލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށް އެކަންޏެވެ. އެ ކުންފުނިން ހުޅުވާލި ވަޒީފާގެ ތެެރޭގައި ފެރީ ކޮންޑަކްޓާ އާއި ސްޕީޑްބޯޓް ކެޕްޓަންގެ ވަޒީފާ ހިމެނެއެވެ. މި ވަޒީފާތަކުގެ މަހު މުސާރައަކީ މަހަކު 10،000 ރުފިޔާއެވެ.
މުސާރައިގެ އިތުރަށް ސްޓާފް މެޑިކަލް އިންޝުއަރަންސް އަދި ޕެންޝަން ސްކީމްވެސް ހިމެނޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވިދުވެރިކޮށް އަންނަ މަހުގެ 31 ވަނަ ދުވަހުގެ 15:00 ގެ ކުރިންއެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!