ރައްޔިތުންގެ މަޖިލިސް ރައީސްކަމުގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމުގެ ހުވަފެން އިދިކޮޅުން ނުދެކުމަށާއި، މަޖިލިސްގެ ތާއީދު ރައީސް ނަޝީދުއަށް އެބައޮތް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެންވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި މަޝްވަރާކުރެވެންފަށައިފިކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.
ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލިސް ރައީސް، ރައީސް ނަޝީދު މަޖިލިހުގެ ރިޔާސަތުން ވަކިކޮށް އެމަނިކުފާނުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީ މެންބަރުންގެ ތެރޭގައި މަޝްވަރާފެށިފައިވާ ކަަމަށާއި. މިހާރު ނަގޫ ގޮއްޖެހެނީ އެ ބޭފުޅުން އެ ބޭފުޅުންނާ ކަމަށެވެ.
ޓޮމް މިހެން ވިދާޅުވެފައި ވަނިކޮށް ޝަހީމް ކުރެއްވި ޓްވީޓެއްގަ ވިދާޅުވީ، މަޖިލިސް ރައީސްކަމުގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމުގެ ހުވަފެން އިދިކޮޅު ފަރާތްތަކުން ދެކުން ދެކުން ހުއްޓާލަން ބުއްދިވެރި ކަމަށެވެ. އަދި މަޖިލިސްގެ ތާއީދު ރައީސް ނަޝީދުއަށް އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!