މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ނަތީޖާ ފަރަގު ކުޑަކޮށް ހުރި ގޮނޑިތައް އެމްޑީޕީއަށް ލިބޭ ގޮނޑިތަކެއް ކަމަށް ނިންމަމުންދާ ކަމަށާއި، އެހެން އެކަން ކުރިނަމަވެސް ރައްޔިތުންނަށް ވާނުވާ އިނގޭ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިހާރު އިދިކޮޅު ކޯލިޝަނާއިއެކު އިސްސަފުގައި މަސައްކަތް ކުރަށްވާ ލަޠީފް މި މޭރުމުން ވިދާޅުވީ، މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
ލަޠީފް ވަނީ އެ ޓްވީޓްގައި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ''ނަޝީދު ބާވެއްޖެ ކަމަށް'' ވެސް ވިދާޅުވެފަ އެވެ. އަދި ''މޮޔަނުވުމަށް'' ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
Kuda faraqu huri gondithah MDP ah libey gondi thakeh kamah ninmmiyas rayyithunah vaanuvaa eba ingey, Nasheed baavejje, moyanuvey
— Abdul Latheef (@funamalatheef) April 18, 2021
ލަޠީފް ވަނީ މިރޭ އެ މައުލޫއަށް އިތުރު ޓްވީޓެއް ވެސް ކުރަށްވާފަ އެވެ. އެ ޓްވީޓްގައި ވެސް ބަހުގެ ހަމަލާ އަމާޒުކުރަށްވާފައި ވަނީ، ރައީސް ނަޝީދަށެވެ. އޭނާ ވިދާޅުވީ އިންތިޚާބުން ބަލިވީމާވެސް ނަޝީދު އުޅުއްވަނީ ބަލި ޤަބޫލު ނުކުރަށްވާ އިލެކްސަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްއާއި ގުޅިގެން އިންތިޚާބު ވަގަށް ނަގަން ކަމަށެވެ.
''ބަލިވީމަ ބަލި ޤަބޫލުކޮށް މައިތިރިވެބަލަ'' ލަޠީފް ވިދާޅުވެފަ ވެއެވެ.
Inthikhaabun baliveema Nasheed thiulhey EC Shareef ai gulhaigen inthikhaabu vagah nagan, Baliveema Bali gaboolukoh maithirivebala
— Abdul Latheef (@funamalatheef) April 18, 2021
ލަޠީފް މި މޭރުމުން ޓްވީޓްތަކެއް ކުރަށްވާފައި މިވަނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ބާތިލްކަމަށް ކަނޑައެޅި ގޮތާއިމެދު ހިތްހަމަނުޖެހި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބައެއް ދާއިރާތަކުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މިރޭ ޚަބަރުތައް ފެތުރިފައި ވަނިކޮށެވެ.
އިންތިޚާބު ނަތީޖާ ފުރަތަމަ ލިބެމުން ދިޔައިރު ލަޠީފް ނިސްބަތްވާ ދިއްދޫ ދާއިރާއިން އެމްޑީޕީއޮތީ ބަލިކޮށެވެ. ނަމަވެސް ވަގުތީ ނަތީޖާ ޢިއުލާން ކުރިއިރު ދިއްދޫގެ 7 ގޮނޑި ތެރެއިން 5 ގޮނޑި އެމްޑީޕީ ވަނީ ކަށަވަރުކޮށްފަ އެވެ. ޕީޕީއެމްއަށް ދިއްދޫން ލިބުނީ ރަށު ކައުންސިލް ރައީސްގެ ގޮނޑިއާއި، މެންބަރެއްގެ ގޮނޑިއެކެވެ.
އީސީން އާންމުކުރި އިންތިހާބުގެ ވަގުތީ ނަތީޖާއިން މާލެ ސިޓީން ޕީޕީއެމަށް 13 ގޮނޑި ލިބިފައި ވެއެވެ. އެމްޑީޕީއަށް ލިބިފައި ވަނީ 6 ގޮނޑި އެވެ. ޖުމްހޫރީ ޕާޓީއަށް 1 ގޮނޑި ލިބިފައި ވެއެވެ.
މީގެ އިތުރުން 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ 7 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މަގާމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!