ނިމިދިޔަ ކައުންސިލް އިންތިޚާބުގައި، ސަރުކާރާއި އެމްޑީޕީގެ އިސްސަފުގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ކުރި ވިޔާނުދާ ކަންކަމުގެ ދެރަ ލިބުނު ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
ރާޢީ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ ގައެވެ.
ރާޢީ ވިދާޅުވީ، ޕާޓީގެ އިސްސަފުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އަދި ސަރުކާރު އެސްއޯއީ ތަކުގައި ހިމެނޭ ބައެއް އިސްވެރިން ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ކަންކަން ކުރެއްވި ގޮތުން އެކަމުގެ ދެރަ ލިބިގެން ދިޔަ ކަމަށެވެ.
"ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ޕާޓީގެ އިސްސަފުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އަދި ސަރުކާރު އެސްއޯއީ ތަކުގައި ހިމެނޭ ބައެއް އިސްވެރިން ވަކިވަކި ދާއިރާ ތަކަަށް އެކިއެކި ގޮތްގޮތުން އެހީތެރިވެ، ކުރި ވިޔާނުދާ ކަންކަމުގެ އަސަރު ޖުމުލަކޮން ކޮށް އޭގެ ދެރަ ލިބިގެންދިޔަ" ރާޢީ ވިދާޅުވެފަ ވެއެވެ.
ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ޕާޓީގެ އިސްސަފުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އަދި ސަރުކާރު އެސްއޯއީ ތަކުގައި ހިމެނޭ ބައެއް އިސްވެރިން ވަކިވަކި ދާއިރާ ތަކަަށް އެކިއެކި ގޮތްގޮތުން އެހީތެރިވެ، ކުރި ވިޔާނުދާ ކަންކަމުގެ އަސަރު ޖުމުލަކޮން ކޮށް އޭގެ ދެރަ ލިބިގެންދިޔަ. C pic.twitter.com/XpQGG0X0Nu
— Mohamed Raee / Makunudhoo Constituency (@Mraee12) April 17, 2021
ރާޢީ މިހެން ވިދާޅުވިއިރު، ރާޢީއަކީ ނިމުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާގެ ގޮނޑިތައް އެމްޑީޕީއަށް ހޯދައިދެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި މެންބަރެކެވެ. އަދި އޭނާ ވަނީ ކުމުންދޫގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ހޯދައިދިނުމުގެ އިތުރުން ދާއިރާގެ އެހެން ރަށްރަށުންވެސް ރަނގަޅު ކާމިޔާބެއް ހޯދާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!