ކޮވިޑް-19 ޖެހިގެން މިހާތަނަށް ދުނިޔޭގެ ތިން މިލިއަން މީހުން މަރުވެއްޖެއެވެ.
މިހާރު ދުނިޔޭގެ ރެކޯޑުތަކުން ދައްކާގޮތުގައި އެންމެ ކޮވިޑް ގެ ކަންކަން އެންމެ ބޮޑަށް ގޯސްވެފައިވަނީ ބްރަޒިލް އާއި އިންޑިއާ އަދި ފްރާންސްއެވެ. މި ގައުމުތަކުގެ ހާލަތުގޯސްވެފައިވަނީ ވެކްސިން ޖަހަން ފަށާފައި ވަނިކޮށެވެ.
މިއީ މިހާތަނަށް ލިބެން ހުރި ރިޕޯޓުތަކުން ދައްކާ ނަތީޖާއެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ކޮވިޑް މަރުތައް އިއުލާން ނުކުރެއެވެ. އެހެންކަމުން މި އަދަދު ތިންމިލިއަނަށްވުރެ އިތުރުވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރެއެވެ.
މަރުވި މީހުންގެ އަދަދު ތިން މިލިއަނަށް އެރީ މަދުދުވަސް ކޮޅެއްގެ ތެރޭގައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ދެ މިލިއަނަށް އެރީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. އެހެންކަމުން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި މިލިއަނެއްހާ މީހުން ވަނީ މަރުވެފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި މިހާރު ދުވާލަކު 12،000 މީހުން ކޮވިޑް ޖެހިގެން މަރުވެއެވެ. އަދި ދުވާލަކު ހަތްލައްކަ މީހުންނަށް މި ބަލި ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!