ސިޔާސީ ބާރުވެރިކަމަކީ ހުވަފެނީ ބާރުވެރިކަމެއްކަން ޤަބޫލުކުރަށްވުމަށް، ފެނަކައިގެ މެނޭޖިންޑިރެކްޓަރި އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީ ސައީދު މި މޭރުމުން ވިދާޅުވެފައި ވަނީ، ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

ސައީދު ވިދާޅުވީ، ހަސަދަވެރިކަމާއި ޒާތީ ތައައްސުބުން އެއްކިބާވެތިބެ، ރައްޔިތުންގެ އިހްސާސްތަކަށް އޯގާތެރިކަމާއެކު އިޚްލާޞްތެރި ހިތަކާއެކު ޚިދުމަތް ދެވިގެން މެނުވީ ކުރިމަގު އުޖާލާ ނުވާނެ ކަމަށެވެ.

"ހަސަދަވެރިކަމާއި ޒާތީ ތައައްސުބު އެއްކިބާކޮށް ރައްޔިތުންގެ އިހްސާސްތަކަށް އޯގާތެރިކަމާއެކު އިޚްލާޞްތެރި ހިތަކާއެކު ޚިދުމަތް ދެވިގެން މެނުވީ ކުރިމަގު އުޖާލާ ނުވާނެކަން ކަށަވަރު، ސިޔާސީ ބާރުވެރިކަމަކީ ހުވަފެނީ ބާރުވެރިކަމެއްކަން ޤަބޫލުކުރަށްވާ!" ސައީދު ވިދާޅުވެފަ ވެއެވެ.

އެމްޑީ ސައީދު މި މޭރުމުން ވިދާޅުވެފައިވާއިރު، އޭނާ ގެންދަވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލިސްގެ އިންތިޚާބުގައި ގދ. ގައްދޫ ދާއިރާގެ ދާއިރާގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް ކެމްޕެއިން ވެސް ކުރަށްވަމުންނެވެ.