ކޯވިޑް19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ ދެ ހަފްތާ ފަހުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ކަރަންޓީނުނުވެ ރަށަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓަރީއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހުގައި މީހުން ދިރިއުޅޭ ރަށްރަށަށް 14 ދުވަސް ފަހުން ކަރަންޓީނު ނުވެ ދެވޭނެ ކަމަށެވެ.
ނަމަވެސް އެފަދަ މުވައްޒަފުން ވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވައިދުތަކާ އުސޫލުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ކޯވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ވަނީ ބަދަލުގެނެސް، ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފަ އެވެ.
މިގޮތުން 20 އޭޕްރިލް 2021 އިން ފެށިގެން އާބާދީގެ 60 އިންސައްތަ މީހުންނަށް ކޯވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރު ކުރެވޭނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.
އާބާދީގެ 60 އިންސައްތަ މީހުންނަށް ކޯވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފުތާ ވެފައިވާ ފަރާތްތައް ކުރަންޓީނު ނުލައި ދަތުރު ކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފަ ވެއެވެ.
Effective from 20th April 2021, the following changes are made for travel restrictions and quarantine:
If 60% of the population have completed 2 doses of COVID-19 vaccination, travel by ALL is allowed to that island without having to quarantine. https://t.co/thVVm2Qv1c pic.twitter.com/R7v1ERWEIQ
— Health Protection Agency (@HPA_MV) April 16, 2021
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!