ނިއުކްލިއާ ބާރުން ދުއްވާ ސުޕަޔޮޓުގެ ފުރަތަމަ ގެސްޓުންގެ ގޮތުގައި ހިލޭ ދަތުރު ކުރުމުގެ ފުރުސަތު މޫސުމަށް އަންނަ ބަދަލުތައް ކިޔަވާ ދަރިވަރުންނަށް ދޭންނިންމައިފިއެވެ.

“އާތު 300” ގެ ނަމުން ނަން ދީފައިވާ މި ޔޮޓުގެ ދަތުރުތައް ފަށަން ނިންމާފައިވަނީ 2025ގައެވެ. މި ޔޮޓުގެ އެންމެ ފުރަތަމަ ދަތުރު ކުރާ މީހުންގެ ތެރޭގައި 160 ސައިންޓިސްޓުންނާއި 40 ވީއައިޕީން އަދި 20 ދަރިވަރުން ހިމެނޭނެއެވެ.

Ad
rt

މި ޔޮޓުގައި ހިލޭ ދަތުރު ކުރުމުގެ ފުރުސަތު ލިބޭނީ މޫސުމަށް އަންނަ ބަދަލާ ގުޅޭ ދިރާސާ ކުރާ ދަރިވަރުންނާއި އެކަމާ ގުޅޭ ސައިންޓިސްޓުންނެވެ. އަދި އެ ޔޮޓު ކުރާކޮންމެ ދަތުރެއްގައި 20 ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މި ޔޮޓުގައި ދަތުރު ކުރުމަށް މީހަކަށް 3 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އެއީ 10 ދުވަހުގެ ދަތުރަކަށެވެ.

އާތު 300 މިހާރު އޮތީ ޑިޒައިނިންގެ މަރުހަލާގައެވެ. މި ޔޮޓުގައި 300 މީޓަރު ހުންނައިރު 13 ފަންގިފިލާ ހުންނާނެއެވެ.

މި ޔޮޓަށް ކަރަންޓު ފޯރުކޮށްދޭނީ ސޯލްޓް ރިއެކްޓާ ބޭނުން ކޮށްގެންނެވެ. މީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަވާނެއެވެ.

މި ޔޮޓު ހަދާ އާރޮން އޮލިވެރާ ބުނިގޮތުގައި އޭނާއަށް މި ހިޔާލު އައީ ރާއްޖޭގައި ސްކޫބާ ޑައިވް ކުރަނިކޮށް މަރުވެފައި ހުރި މުރަކަތަކެއް ފެނިގެން ކަމަށެވެ.