ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ވަޑައިގެންފިއެވެ.
ރައީސްގެ އަނބިކަނބަލުން މިހާރު ހުންނެވީ ޢާއިލާއާއި އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޮވިޑަށް ޕޮޒިޓިވްވި ކަމުގައިވިޔަސް ޙާލުކޮޅު ރަނގަޅުކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ ދެކަނބަލުންގެ ދެބޭފުޅުން ކޮވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައިކަމަށެވެ.
ފަސްޓްލޭޑީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެއްވި ފަހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށް ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމުގެ ސަބަބުން މިއަދު ބޭއްވި ޕޮލިސް ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ގޭގައި އައިސޮލޭޝަނުގައި ހުންނަވައި ވާޗުއަލްކޮށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!