އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޅ. ކަނުހުރާ އައިލެންޑް ރިޒޯޓު އެންޑް ސްޕާ ވިހި ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭއިން މިއަދު ނެރުރު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޖޫރިމަނާއަކީ، އެއެޖެންސީގެ ހުއްދަނެތި ތަރައްޤީގެ ބައެއް މަސައްކަތްތައް ކޮށްފައިވާތީ ކުރެވުނު ޖޫރިމަނާއެއް ކަމަށެވެ.

Ad
rt

އެނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަނުހުރާ އައިލެންޑް ރިޒޯޓު އެންޑް ސްޕާ ގެ ފަރާތުން، އެއެޖެންސީގެ ހުއްދަނެތި ރިޒޯޓު ތަރައްޤީކުރުމުގެ ބައެއް މަސައްކަތް ކޮށްފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 (ގަވާއިދު ނަންބަރ (2012/R-27ގެ 20 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރަށް (ޤަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުން، ކުށް ކުރި ފުރަތަމަ ފަހަރު) އަށް ރިޢާޔަތްކޮށް ޖުމްލަ 20,000 (ވިހި ހާސް) ދިވެހިރުފިޔާއިން ކަނުހުރާ އައިލެންޑް ރިޒޯޓު އެންޑް ސްޕާ ވަނީ 14 އޭޕްރީލް 2021ގައި ޖޫރިމަނާކުރެވިފައެވެ.

އެނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި މިޖޫރިމަނާ ފައިސާ އެއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެރިޒޯޓަށް ވަނީ އަންގާފަ އެވެ.

ޅ. ކަނުހުރާ ގައި ހިންގާ ކަނުހުރާ ރިސޯޓު ވިއްކާލަން ކަނުހުރާ ހިންގަމުންއަންނަ މޮރިޝަސްގެ ސަން ލިމިޓެޑް ކުންފުނިންވަނީ މިދިޔަ މަހުވަނީ ނިންމާފަ އެވެ.

އެ ރިސޯޓްގެ ލީސް އެގްރިމެންޓުގެ ދަށުން ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމަށް ޓޫރިޒަމްގައި އެދިފައިވާ ކަމަށް އެ މިނިސްޓްރީ މިދިޔަ މަހު ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.

ލީސް އެގްރިމެންޓުގެ ދަށުން ލިބިދޭ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދެނީ ރިސޯޓު ވިއްކާލުމަށެވެ.

ޓޫރިޒަމް އިން ކުރި އިއުލާނުގައި ވަނީ ކަނުހުރާ އާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ، ދެ ހަފްތާ ތެތޭ އެކަން ޓޫރިޒަމް މިނިސްޓްރީ އަށް ލިޔުމުން އެންގުމަށެވެ.

ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން ލެޝާ އޯޝަންސް ކިޔާ ކުންފުންޏަކަށް ކަނުހުރާ ވިއްކާލުމުގެ ކަންތައް މި އަހަރުގެ ޖުލައިގެ ނިޔަލަށް ކުރާނެ އެވެ. ކަނުހުރާގެ ނުއުފުލޭ މުދަލުގެ އަގު 2.4 ބިލިއަން ދިވެހި ރުފިޔާ އަށް އަރަނެ ކަމަށްވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

ކަނުހުރާ ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ. އެރިސޯޓުގައި އެކި ފެންވަރުގެ 80 ވިލާ ހުރެެއެވެ.

މަސްލެއްގިހުރާ އަދި ޖެހުނުހުރާ ގުޅުވާލާ ކަނުހުރާ އަޕްގްރޭޑުކޮށް ހުޅުވީ 2017 ވަނަ އަހަރު އެވެ. މީގެ ކުރިން ވަން އެންޑް އޮންލީ ބްރޭންޑުގެ ދަށުންވެސް އެ ރަށް ހިނގިއެވެ.