ކޮންމެ އަހަރަކު ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް (އޭއެމްޕީ) ގެ ފަރާތުން ދެމުންގެންދާ ދަ އާކިޓެކްޗަރ މާސްޓާ ޕްރައިޒްގެ އޮނަރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗަރ / އަރބަން ޕްލޭނިންގ އެވޯޑު، ހުޅުމާލެ މާސްޓާ ޕްލޭނަށް ލިބިއްޖެ އެވެ.

ހުޅުމާލޭގެ މާސްޓާ ޕްލޭންއަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭނެއްކަމަށް އޭއެމްޕީގެ ވެބްސައިޓްގައި ފާހަގަކޮށްފައިވެއެވެ.

Ad
rt

ހުޅުމާލެމާސްޓަރޕްލޭން ގެމައިގަނޑު އަސާސަކީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޒަމާނީ ފެންވަރެއްގައި އިޖްތިމާއީ ގޮތުންނާއި އުމްރާނީ ގޮތުންވެސް މީހުން ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށްހުޅުމާލެހެދުމެވެ.

ހައުސިންޑިވެލޮޕްމެންޓްކޯޕަރޭޝަން (އެޗްޑީސީ)އިން ހާމަކުރާ ގޮތުގައި، ހުޅުމާލެ ޒަމާނީ ފެންވަރެއްގައި ތަރައްގީކޮށް، ހުޅުމާލެގައި ދިރިއުޅެމުންދާ ރައްޔިތުންނާއި އެކިއެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ގިނަ ޚިދުމަތްތަކެއް ލިބޭނެ ތަނަކަށް ހުޅުމާލެ ހެދުމަށް ގިނަ މަސައްކަތްތަކެއް އެކުންފުނީގެ ފަރާތުން ކުރަމުންދާކަމަށެވެެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ގިނަ ރަށްތަކެއް ތަރައްގީކުރުމަށް ފަންނީ އެހީ ދިނުމަށް ނިންމާ 'ބިޔޯންޑް ހުޅުމާލެ'ގެ ނަމުގައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އެޗްޑީސީ އިން ބުންޏެވެ.

އޭއެމްޕީއަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗަރ އަދި އަރބަން ޕްލޭނިންގެ ރޮނގުން ފާހަގަ ކުރެވޭ ގިނަ މަސައްކަތްތަކެއްގެ އަގުވަޒަންކޮށް މިދާއިރާގެ މަސައްކަތްތައް ޕްރޮމޯޓްކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.