ރ. އަނގޮޅިތީމު ބަނދަރު ތަރައްގީކުރުމަށް ބޭނުންވާ ކޮންކްރީޓް ގާތައް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ގާތަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި ކޮންކްރީޓް ގާތަށްއެތުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން 42،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި އޭގެއިތުރުން 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1،110 އަކަ މީޓަރުގެ ސަރަހައްދެއްގައިޕޭވްމެންޓް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުންވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ.
ރ. އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައުތައް 12 އޭޕްރީލް 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިމަސްތެރޭ ފެށުމަށް ވަނީ ހަމަޖެހިފައި. #MTCCProjects pic.twitter.com/llyOCL7Zmv
— MTCC Plc (@MTCCPlc) April 15, 2021
މި މަޝްރޫއަކީ ހައުސިން މިނިސްޓްރީއިން ހަވާލުކޮށްގެން 44.7 މިލިއަން ރުފިޔާއަށް ހިންގާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!