ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ރޯދަ މަހު ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސް އިއުލާން ކޮށްފިއެވެ.
މި ބަދަލާއެކު ތިލަފުއްޓާއި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ ސްޓޭޝަންތައް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހުޅުވާފައި ހުންނާނީ ހެނދުނު 10:00ންހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:00ން ދަންވަރު 3:00އަށެވެ.
މި ސަރަހައްދުގެ ސްޓޭޝަންތައް ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ މެންދުރު2:00ން ހަވީރު 5:00އަށް އަދި ރޭގަނޑު ރޭގަނޑު 8:00 ން ދަންވަރު 3:00 އަށެވެ.
ރޯދަ މަހު މާލެ ސަރަހައްދުގައި ގޭބިސީތަކުން ކުނި ބޭރަށް ނެރޭ ގަޑިވެސް ވަނީ ބަދަލުކޮށްފައެވެ. މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ ގޭބިސީތަކުން ނެރެން ޖެހޭނީރޭގަނޑު 10:00 އާއި 11:00އާ ދޭތެރޭގައެވެ.
ވެމްކޯއިން ބުނީ މި ބަދަލަކީ ކޯވިޑް ހަލުވިކަމާއެކު ފެތުރެމުންދާތީއާ ރޯދަ މަހު ފަސޭހަ ވަގުތުތަކުގައި ހިދުމަތް ދިނުމަށް ގެނައި ބަދަލެއް ކަމަށެވެ. އެހެންކަމުން ހިދުމަތްހޯދާމީހުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!