އިޝާ ނަމާދާއެކު ތަރާވީސް ނަމާދު ކުރަން 30 މިނެޓަށްވުރެ ގިނައިރު ހޭދަނުކުރުމަށް ސައުދިއަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންްޑް ދައުވާއިންއަންގައިފިއެވެ.
ސައުދީން މި ފިޔަވަޅު އެޅީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނެވެ. އެހެން ގައުމުތަކުގައި ވެސް ތަރާވީސް ނަމާދު ކުރު ކުރަން ވަނީ އަންގައިފައެވެ. މީގެ ތެރޭގައިރާއްޖެ ވެސް ހިމެނެއެވެ.
ސައުދީގެ އިސްލާމިކް އެފެއާޒް އެންޑް ދައުވާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތަރާވީސް ނަމާދު 10 ރަކުއަތަށް ކުރު ކުރަން ޖެހޭނެއެވެ. އަދި މި އަހަރު ދެހަރަމްފުޅުގައި އިއުތިކާފަށް ތިބުމެއް ނޯންނާނެއެވެ.
މީގެ ކުރީ އަހަރުތަކުގައި ތަރާވީހު ނަމާދުގައި ވިތުރިއާއެކު 23 ރަކުއަތް ކުރެއެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ކޯވިޑްއާ ގުޅިގެން މިސްކިތްތައް ބަންދު ކުރަން ޖެހުނެވެ. ނަމަވެސް މިހާރު ހާލަތު ރަނގަޅުވުމާ ގުޅިގެން މިސްކިތްތައް އަލުން ހުޅުވާލަން ވަނީނިންމައިފައެވެ.
މިއަހަރު ހައްޖު ކުރުމުގެ ފުރުސަތު ވެސް ސައުދީން ވަނީ ހުޅުވާލައިފައެވެ. ހައްޖު ކުރެވޭނީ ހަމައެކަނި ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރާ މީހުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!