ނ. ހެނބަދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދާނީ މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. މި މަމަޝްރޫއަށް 41.36 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.

Ad
rt

ހެނބަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ކެނދިކުޅުދޫ ދާއިރާގެމެމްބަރު އަހުމަދު އީސާ އާއި އެ ރަށުގެ ކައުންސިލް ރައީސް އާދަމް ސަމީރެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 15 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީތަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކަކާއި އާރުއޯ ފެސިލިޓީ އިމާރާތެއް ގާއިމް ކުރާނެ އެވެ. އަދި ފެން އުފެއްދުމަށްޓަކައިދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގި ވެސް ބަހައްޓާނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން ގޭގައި ފެން މީތަރު ބަހައްޓައިދީ ކަނެކްޝަން ގުޅައި ދިނުމުގެ އިތުރުން ފެނުގެ ނިޒާމް ބެލެހެއްޓުމަށްބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް ފޯރުކޮށްދޭނެއެވެ.