މާލޭ ސިޓީގެ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން "ގާޑަން ޕްލާޒާ" ނަމުގައި ހިންގުމަށް ހުށަހެޅުމަށް ނިންމަވާފައިވާ މަޝްރޫޢުގެ ޚުލާސާ މައުލޫމާތު ހާމަކުރަށްވައިފިއެވެ.
ހައުސިން މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުޢިއްޒު، މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެއްޖެ ނަމަ، މާލޭ ސިޓީގެ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ހިންގުމަށް ހުށަހަޅުއްވާ މި "ގާޑަން ޕްލާޒާ" މަޝްރޫޢުގެ ޚުލާސާ ދެއްވަމުން ވިދާޅުވެފައި ވަނީ ރާއްޖޭގެ އާބާދީއަކީ ގާތްގަނޑަކަށް 540،000 ހާސް މީހުން ކަމަށެވެ.
"މީގެތެރެއިން 225،000 އަށްވުރެ ގިނަ މީހުން އުޅެމުން ދަނީ ދެ އަކަކިލޯ މީޓަރ ހަމަނުވާ މާލޭ ސިޓީގައި، އެ 225،000 މީހުންގެ ތެރެއިން 45 ހާސް މީހުންނަކީ ޒުވާނުން، އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުންނަކީ އާމްދަނީ ހޯދޭނެ ގޮތެއްނެތި، އެހެން ފަރާތްތަކަށް ބަރޯސާވާންޖެހޭ ޒުވާނުން، މާލެ ސިޓީ ކައުންސިލް ވާންއެބަޖެހޭ މިފަދަ ޒުވާނުންނާއި ކަނބަލުންނަށް ޚާއްސަ ގޮތެއްގައި ޖުމްލަގޮތެއްގައި މާލޭގެ ލޮބުވެތި ރައްޔިތުންނަށް އިސް ދައުރެއް އަދާކޮށްދޭ ބަޔަކަށްވާން، މިގޮތުން އަޅުގަނޑު މި ހުށަހަޅަނީ މާލޭގެ އެންމެ ހިތްގައިމު ސަރަހައްދު ކަމަށްވާ ރަސްފަންނު ސަރަހައްދު 60 ހާސް އަކަމީޓަރުގެ އެބިމުގަައި ކުރިއަށް ގެންދިޔުމަށް ފުދުންތެރި ދިރިއުޅުމެއް ޒުވާނުންނަށާއި، ކަނބަލުންނަށް ހޯދައިދެވޭނެ މަޝްރޫޢުއެއް، ގާޑަން ޕްލާޒާ މަޝްރޫޢުއެއް،" ޑރ. މުޢިއްޒު ވިދާޅުވެފަ ވެއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުއަކީ އެތަނެއް ޒުވާނުންނާއި ކަނބަލުންނަށް އަދި މާލޭގެ ލޮބުވެތި ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ގާއިމު ކުރެވިގެންދާނެ އެމްބިޝަންސް މަޝްރޫޢުއަކަށް ވެގެންދާނެ ކަމަށެވެ.
"އެތަނަށް ގެނެވޭ އިންވެސްޓްމަންޓްގެ ތެރެއިން އެތަނުގައި އެތައް ފިހާރަތަކަކާއި އެތައް ރެސްޓޯރެންޓްތަކަކާއި، އާންމުންނަށް ހިތްފަސޭހަ ތަންތަން ގާއިމުކުރެވިފައިވާ ޒަމާނީ އިމާރާތަކަށް ހެދިގެންދާނެ، އެތަނަކީ ތިމާވެއްޓާއި ރައްޓެހި، އެތަނުގައި ވަޒީފާއަދާކުރަމުންދާ ޒުވާނުންނާއި، ކަނބަލުންނާއި އާންމު ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް އެތަން ހެދިގެންދާނެ، މިއީ އުންމީދަކީ މިއީ ދިރުން ލިބިގެންވާ ކަންކަމަކީ، މިފަދަ ކަންކަން މާލޭގައި ކުރެވެންއެބަޖެހޭ، ސިޓީ ކައުންސިލަކީ މިކަހަލަ ކަންކަންކުރާ ބަޔަކަޔަކަށްވާން އެބަޖެހޭ،" ޑރ. މުޢިއްޒު ވިދާޅުވެފަ ވެއެވެ.
ޑރ. މުޢިއްޒު ގެންދަވަނީ މާލޭގެ ރައްޔިތުންނަށް މިފަދަ ފުރިހަމަ ތަސައްވުރަކާއެކު، މާލޭގެ މޭޔަރުކަމަށް ކެމްޕޭން ކުރަށްވަމުންނެވެ.
“ގާރޑްން ޕްލާޒާ” މާލެސިޓީގެ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދުމައް @MMuizzu ހުށާ 1 ޕްރޮޖެކްޓް. މީ އަހަރެން މި ބުނާ މޭޔަރެއްގެ ހުންނަން ޖެހޭ ކޮލިޓީ އަކީ#voteformuizzu
@MuizzuForMayor #LCE2021 pic.twitter.com/1wJRQG4WUS— ރުކުމާ (@RukumaA) April 7, 2021
ޑރ. މުޢިއްޒުގެ ތަޢުލީމީ ޤާބިލްކަމާއި، ތަޖުރިބާގެ އަލީގައި އެމަގާމަށް އެންމެ އެކަށޭނަ ކެންޑީޑޭޓަކީ އޭނާކަމަށް ފާހަގަކޮށް، އިދިކޮޅު އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރި ބައެއް ފަރާތްތަކުން ވެސް އަދި މާލޭގެ އެކި ގިންތީގެ ބޭފުޅުން ވެސް ދަނީ ޑރ. މުޢިއްޒަށް ތާއީދު ކުރާކަން ހާމަކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!