ކައުންސިލަރުންނާއި ކައުންސިލް މުވައްޒަފުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މައްސޫލިއްޔަތު އަދާކުރުމަށާއި އެމީހުންގެ މަސައްކަތުގެ މައިދާނަށް ބޭނުންވާ މުހިއްމު މައުލޫމާތާއި ހުނަރު ދަސްކޮށްދިނުގެ ގޮތުން އާންމުނަނަށް އޮންލައިންކޮށް ލޯކަލް ކައުންސިލް އޮތޯރިޓީން (އެލްޖީއޭ) އިން ކުރު ކޯސްތަކެއް ހުޅުވާލާފިއެވެ.

އެލްޖީއޭއިން ބުނީ މި ކޯސްތަކުގައި ބައިވެރިވެވޭނީ ކިޔެވި ޕޯޓަލް www.kiyeveni.mv ގައި ރެޖިސްޓްރީވުމަށްފަހުގައި ކަމަށެވެ. މި ޕޯޓަލުގެ މައިގަނޑު އެއް މަގުސަދަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި، އަންހެނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް، ޤާބިލް އަންހެނުން ސިޔާސީ މައިދާނަށް ނެރުމެވެ.

Ad
rt

މިގޮތުން މިހާރު ކިޔެވެނި ޕޯޓަލްގައި އާންމުކޮށް ހުޅުވާލާފައިވާ ކޯސްތަކުގެތެރޭގައި ލާމަރުކަޒީ ނިޒާމާއި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދައުރު، ސިޔާސަތު ހެދުމުގައި ރައްޔިތުންގެ ބައިވެރިވުން، ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކޮށްދޭ އޮންލައިން މޮޑިއުލް، މުޢާމަލާތްކުރުމާއި ޚިޔާލު ތަފާތުވުންތައް ހައްލުކުރުން އަދި އަންހެނުންގެ ކޯޓާ އަދި ފުރައްސާރަކުރުން ހުއްޓުވުން ފަދަ މުހިންމު މައުލޫމާތުތައް ހިމެނޭ ކޯސްތައް ހިމެނިފައިވާނެކަމަށް އެލްޖީއޭއިން ބުނެއެވެ.

ކިޔެވެނި ޕޯޓަލުގެ ކޯސްތައް ފަރުމާކުރެވިފައިވަނީ އެއްކޯހެއްވުނެ ގިނަ ކޯހެއްގައި އެއްވަގުތެއްގައި ބައިވެރިވެވޭގޮތަށެވެ.

އަދި އެފަރާތަކަށް ފަސޭހަ ވަގުތެއްގައި ކޯސް ކުރިޔަށްގެންގޮސް ޝައުގުވެރިކާމާއިއެކު ނިންމާލެވޭނެގޮތަކަށެވެ. ކޯސް ފުރިހަމަ ކުރުމުން ސެޓްފިކެޓް އޮންލައިންކޮށް ލިބޭނެގޮތައްވަނީ އިންތިޒާމްކުރެވިފައިކަމަށް އެލްޖީއޭއިން ބުނެއެވެ.