ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިއަދު ވަޑައިގަތީ 22 މެމްބަރަކު ކަމަށާއި ސަލާމް ގައި 22 މެންބަރުން ތިއްބެވިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި ޖަލްސާގެ ހާޒިރީ އިއްވަވަމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ދެ މެމްބަރުން ތިއްބެވި އިރު ކަރަންޓީނުގައި 3 މެމްބަރަކު ތިއްބެވި ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ ސަލާމުގައި ތިއްބެވި 22 މެމްބަރުންގެ ތެރެއިން 20 މެމްބަރުން ވަޑައިގެންވީ އެ މެމްބަރުންގެ ދާއިރާއަށް ކަމަށެވެ.
ސަލާމުގައި ތިއްބެވި 22 މެމްބަރުންގެ ތެރެއިން 20 މެމްބަރުން ސަލާމް ބުނެފައިވަނީ ދާއިރާއަށް ކުރައްވާ ދަތުރުތަކުގައި ވަޑައިގެންވުމުގެ ސަބަބުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ބޭފުޅުން ދާއިރާއަށް ވަޑައިގެންނެވިއިރު، ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި އާންމު ކޮމިޓީން ފާސްނުކުރާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިމަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގެ ކެމްޕެއިނަށް މީގެކުރިން ވެސް މެމްބަރުން ވަނީ އަތޮޅު ތެރެއަށް ވަޑައިގެންފަ އެވެ. މަޖިލިސް ރައީސް މީގެކުރިން ވިދާޅުވީ މެމްބަރަކު ކެމްޕޭނަށް، އެ މެމްބަރެއްގެ ދާއިރާއަށް ވަޑައިގަންނަވަން ބޭނުންނަމަ، މަޖިލީހުގައި އެކަމަށް އެދިއްޖެނަމަ އެމަނިކުފާނު އެކަމަށް ފަހިކޮށްދެއްވާނެ ކަމަށެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.
މިއަދުގެ ޖަލްސާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން އަދި ރޯދަމަހުގެ ކުރިން ބާއްވާ އެންމެ ފަހު މަޖިލިސް ޖަލްސާ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖީލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިއަދުގެ ޖަލްސާއަކީ ރަމަޟާންމަހުގެ ކުރިން ބާއްވާ ފަހު ޖަލްސާކަމަށެވެ. އަދި ރަމަޟާންމަހު ޖަލްސާތައް އޮންނާނެކަމަށާއި، އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 10:30 އިން މެންދުރު 12:00އަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއަށްފަހު އެއްގަޑިއިރުގެ ހުސްވަގުތަށްފަހު މެންދުރު ފަހު 1:00 އިން 2:00އަށް ޖަލްސާ ކުރިއަށްދާނެކަން މަޖިލީޙުގެ ރައީސް ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ގަޑި އެގޮތަށް ކަނޑައެޅިފައިވީނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށްދާނެކަމަށެވެ.
މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާއަކީ މިއަހަރުގެ ފުރަތަމަ ދައުރުގެ 27 ވަނަ ޖަލްސާއެވެ. މިދައުރުގެ ޖަލްސާތައް މި އޭޕްރީލްމަހުގެ ނިޔަަލަށް ކުރިއަށް ދާނެއެވެ. މަޖިލީހުގެ ޖަލްސާތައް ޢާންމު ގޮތެއްގައި އޮންނަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!