ގއ. ކޮނޑޭ އާއި ކަނޑުހުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
ކޮނޑޭގައި އާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު އާއި ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު އާއިގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދުގެ އިތުރުން، ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމެވެ.
ކަނޑުހުޅުދޫގެ އިންޖީނުގޭގެ ބިންގާ އަޅުއްވައިދިނީ، ފެނަކައިގެ އެމް.ޑީ އަހްމަދު ސައީދު އާއި ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދު އަދި ކަނޑުހުޅުދޫކައުންސިލްގެ ރައީސް އަހުމަދު ޝަހީމެވެ.
ކަނޑުހުޅުދޫގައި އިމާރާތް ކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމަށް ހަވާލުކޮށްފައިވަނީ، އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާއި،މަޝްރޫއު ހަވާލުކޮށްފައިވަނީ، 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
(2/2) pic.twitter.com/9L1JOx4jkd
— Fenaka Corporation Ltd (@TeamFenaka) April 1, 2021
ފެނަކައިން އަންނަނީ އެ ކުންފުނިން ދޭ ހިދުމަތްތައް ފުޅާ ކޮށް ހިދުމަތްތައް ރަނގަޅު ކުރުމަށް އިންޖީނުގެތައް އަޕްގްރޭޑު ކުރަމުންނެވެ. އެގޮތުން މިހާތަނަށް ހުވަދުއަތޮޅުގެ ގިނަ ރަށްތަކެއްގައި އާ އިންޖީނުގެ އެޅުމަށް ވަނީ ބިންގާ އަޅައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!