މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އިހަވަންދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.
މިމައްސަލައާއި ގުޅިގެން ތިލަދުން އަށް މަޢުލޫމާތުދެމުން ފުލުހުންބުނީ އެމީހާ ދޫކޮށްލާފައިވަނީ ކޯޓަށް ނުގެންގޮސްކަމަށެވެ.
މައްސަލައިގެ ތަހުޤީޤު ދަނީ ކުރަމުން. ބަންދުގައި ބެހެއްޓޭނެ މިންވަރަށް ހެކި ލިބިފަ ނުވާތީ އެމީހާ ވަނީ ދޫކޮއްލައިފަ.
ފުލުހުންގެ ވެބްސައިޓުގައި އިއްޔެ އާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ އިހަވަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި މާރިޗު މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާ އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 21 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލާފައިވ ާމީހާއަކީ ފުލުހަކާއި ކައިވެނިކޮށްގެން އުޅޭ މީހެއްކަމަށް އެރަށުން ވާހަކަ ދެއްކި މީހަކުވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!