104 ބާވަތެއްގެ ދޫންޏަކީ ހިމާޔަތް ކޮށްފައިވާ ދޫނިތަކެއްކަމަށް ސަރުކާރުން ކަނޑައަލައި އެކަން އިޢުލާންކޮށްފިއެވެ.

ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ކޮތަރު، ފިނދަނަ، ކިރުދޫނި، ބަކަމޫނު، ރާބޮނދި، ބޮނޑަނަ، ބާޒު، ފެންފޯއް ދޫނި އަދި ރޭރުގެ ބާވަތްތަކެވެ.

Ad
rt

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން އެ 104 ބާވަތުގެ ދޫންޏަކީ ހިމާޔަތްކޮށްފައިވާ ތަކެތި ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.

މިދޫނިތަކަށް އަނިޔާކޮށް، ގެއްލުންދީ، އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެ. އެފަދަ ކަމެއް ކުރާ މީހުން ޖޫރިމަނާކުރެވޭނެކަމާޢި އެ ތަކެތި ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތޮބީއީގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގައި ވާގޮތުގެ މަތިން އެއިލާނުގައި ބުނެފައިވެއެވެ.

ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީގެ ބާވަތުގެ ނަން (ދިވެހި ނަން، އިނގިރޭސި ނަން، ސައިންޓިފިކް ނަން (ޖީނަސް - ސްޕީޝީޒް ނުވަތަ ޓެކްސާ ހިމެނޭ ގޮތަށް))؛

1

ރޭރު

Dendrocygna javanica

Lesser Whistling Duck

2

ރޭރު

Nettapus coromandelianus

Cotton Teal

3

ގުޑުގުޑާދޫނި

Phoenicopterus roseus

Greater Flamingo

4

ކޮތަރު

Streptopelia turtur

European Turtle Dove

5

ކޮތަރު

Streptopelia orientalis

Oriental Turtle Dove

6

ކޮތަރު

Spilopelia suratensis

Western Spotted Dove

7

ދަނޑިފުޅުދޫނި

Phaethon aethereus

Red-billed Tropicbird

8

ދަނޑިފުޅުދޫނި

Phaethon rubricauda

Red-tailed Tropicbird

9

Caprimulgus indicus

Jungle Nightjar

10

ފޮރިކެ

Hirundapus caudacutus

White-throated Needletail

11

ފޮރިކެ

Aerodramus unicolor

Indian Swiftlet

12

ފޮރިކެ

Apus pacificus

Pacific Swift

13

ފުއްގަހުގުރާ

Clamator coromandus

Chestnut-winged Cuckoo

14

ފުއްގަހުގުރާ

Cacomantis passerinus

Grey-bellied Cuckoo

15

ފުއްގަހުގުރާ

Cuculus micropterus

Indian Cuckoo

16

ފުއްގަހުގުރާ

Cuculus canorus

Common Cuckoo

17

ކަނޑު ކަނބާ

Pelagodroma marina

White-faced Storm-petrel

18

ކަނޑު ކަނބާ

Fregetta sp.

Storm-petrel

19

ކަނޑު ކަނބާ

Hydrobates castro

Band-rumped Storm-petrel

20

ކަނޑު ކަނބާ

Hydrobates leucorhous

Leach's Storm-petrel

21

ކަނޑު ކަނބާ

Hydrobates monorhis

Swinhoe's Storm-petrel

22

ހޯގުޅާ

Ardenna tenuirostris

Short-tailed Shearwater

23

ހޯގުޅާ

Ardenna grisea

Sooty Shearwater

24

ހޯގުޅާ

Puffinus persicus

Persian Shearwater

25

ހޯގުޅާ

Bulweria bulwerii

Bulwer's Petrel

26

ހޯގުޅާ

Bulweria fallax

Jouanin's Petrel

27

ގިރުނބާ ދޫނި

Pelecanus onocrotalus

Great White Pelican

28

ރާބޮނދި

Butorides striata chloriceps

Little Heron

29

ރާބޮނދި

Ardeola grayii grayii

Indian Pond Heron

30

ލަގަނަ

Ardea intermedia

Intermediate Egret

31

ބޯކަޅު ބުޅިތުނބި

Threskiornis melanocephalus

Black-headed Ibis

32

މާދޫނި

Papasula abbotti

Abbott's Booby

33

ފީނާ ދޫނި

Phalacrocorax fuscicollis

Indian Cormorant

34

ދިގު ފީނި ދޫނި

Anhinga melanogaster

Oriental Darter

35

Haematopus ostralegus

Eurasian Oystercatcher

36

ބޮނޑަނަ

Charadrius dubius

Little Ringed Plover

37

ބޮނޑަނަ

Charadrius asiaticus

Caspian Plover

38

އިލޮޅި

Limosa lapponica

Bar-tailed Godwit

39

Calidris pugnax

Ruff

40

Calidris temminckii

Temminck's Stint

41

Calidris subminuta

Long-toed Stint

42

Calidris alba

Sanderling

43

Calidris alpina

Dunlin

44

Calidris minuta

Little Stint

45

ދުށިން އިލޮޅި

Gallinago stenura

Pintail Snipe

46

ދުށިން އިލޮޅި

Gallinago megala

Swinhoe's Snipe

47

އޮންނަ އިލޮޅި

Gallinago gallinago

Common Snipe

48

Xenus cinereus

Terek Sandpiper

49

ފިނދަނަ

Actitis hypoleucos

Common Sandpiper

50

Tringa ochropus

Green Sandpiper

51

Tringa erythropus

Spotted Redshank

52

ރަތަފައި އިލޮޅި

Tringa totanus

Common Redshank

53

ފިނދަން އިލޮޅި

Tringa glareola

Wood Sandpiper

54

Phalaropus sp.

Phalarope

55

Glareola pratincola

Collared Pratincole

56

އަލްމަލު ގުރާ

Glareola maldivarum

Oriental Pratincole

57

Stercorarius longicaudus

Long-tailed Skua

58

Stercorarius parasiticus

Arctic Skua

59

Stercorarius pomarinus

Pomarine Skua

60

ކުކުޅު މާދޫނި

Stercorarius maccormicki

South Polar Skua

61

ކުކުޅު މާދޫނި

Stercorarius antarcticus

Brown Skua

62

ގޮހޮރުކެ

Ichthyaetus hemprichii

Sooty Gull

63

ގޮހޮރުކެ

Larus fuscus barabensis

Steppe Gull

64

ބޮނދު ދޫނި

Sternula albifrons

Little Tern

65

ކިރު ދޫނި

Chlidonias leucopterus

White-winged Tern

66

ވަޅޯދޫނި

Sterna repressa

White-cheeked Tern

67

Thalasseus sandvicensis

Sandwich Tern

68

މާމުއި ބާޒު

Pernis sp.

Honey Buzzard

69

Haliastur indus

Brahminy Kite

70

Milvus migrans

Black Kite

71

ބާޒު

Buteo sp.

Buzzard

72

ބަކަމޫނު

Otus brucei

Pallid Scops Owl

73

ބަކަމޫނު

Asio flammeus

Short-eared Owl

74

ފުނާގަނޑު ދޫނި

Upupa epops

Common Hoopoe

75

ޅޮސްފަނިދޫނި

Merops philippinus

Blue-tailed Bee-eater

76

ޅޮސްފަނިދޫނި

Merops persicus

Blue-cheeked Bee-eater

77

Coracias benghalensis

Indian Roller

78

Coracias garrulus

European Roller

79

ކުލި ކެޔޮޅު

Alcedo atthis

Common Kingfisher

80

ސުރުމަތި

Falco severus

Oriental Hobby

81

ބޮޑު ސުރުމަތި

Falco peregrinus

Peregrine Falcon

82

Coracina macei

Indian Cuckooshrike

83

Oriolus kundoo

Indian Golden Oriole

84

Artamus fuscus

Ashy Woodswallow

85

Lanius cristatus

Brown Shrike

86

Lanius phoenicuroides

Red-tailed Shrike

87

Lanius schach

Long-tailed Shrike

88

Terpsiphone paradisi

Indian Paradise-flycatcher

89

Dendronanthus indicus

Forest Wagtail

90

ރީނދޫ ފެންފޯއް ދޫނި

Motacilla citreola

Citrine Wagtail

91

ފެންފޯއް ދޫނި

Motacilla alba

White Wagtail

92

Carpodacus erythrinus

Common Rosefinch

93

Emberiza hortulana

Ortolan Bunting

94

Calandrella dukhunensis

Sykes's Short-toed Lark

95

Petrochelidon fluvicola

Streak-throated Swallow

96

Cecropis daurica

Red-rumped Swallow

97

ފޮރިކެ

Riparia chinensis

Grey-throated Martin

98

Sturnus vulgaris

Common Starling

99

Pastor roseus

Rosy Starling

100

Saxicoloides fulicatus

Indian Robin

101

Oenanthe oenanthe

Northern Wheatear

102

Oenanthe isabellina

Isabelline Wheatear

103

Oenanthe pleschanka

Pied Wheatear

104

Turdus obscurus

Eyebrowed Thrush

އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ޤުދްރަތީ މާޙައުލުގައި ވަރަށް މުޙިންމު ދިރުންތަކަށް ވުމާއެކު، އެތަކެތީގެ އާބާދީއަށް ގެންލުން ލިބިދާނެފަދަ އެންމެހާ ކަންތައްތައް ހުއްޓުވުމެވެ. އަދި ރާއްޖެއަކީ ހިޖުރަކުރާ ދޫނީގެ ވަގުތީ މަންޒިލަކަށް ވީ ހިނދު ރާއްޖެއަކީ އެ ދޫނިތަކަށް ރައްކާތެރި މަންޒިއްކަން ޔަގީންކޮށްދިނުމެވެ.

ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީ ގޮތުގައި ކަނޑައެޅުމުން މަނާވެގެންދާ ކަންތައްތައް.

ހ. ޙިމާޔަތްކޮށްފައިވާ ދިރޭ އެއްޗެއް މެރުން، ބޭނުންކުރުން، ދިރުވައި އާލާކުރުން، ހިފުމާއި، ގެންގުޅުމާއި ގެއްލުންދިނުން، ގޯނާކުރުން.

ށ. ޙިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ހާއްޔާއި، ނިދަން އަރާ ތަންތަނާއި، ވިހައި، ބިސްއަޅާ ތަންތަނަށް ގޯނާ ކުރުމާއި ގެއްލުންދިނުން، އަދި އޭގެ ޠަބީޢީ ގޮތްތަކަށް ނުވަތަ ޤުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ ޢަމަލެއް ކުރުން.

ނ. ޙިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ބައިތައް އިސްތިހާރު ކުރުން.

މިދޫނިތަކަކީ ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދޫނިތަކެއް ކަމުން، އެފަދަ ދޫނިތަކަށް ގޯނާކޮށް، ނުހިފުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާ ބެހޭ ޤަވާއިދުގައިވާ ގޮތުން ރާއްޖެއަށް ހިޖުރަ ކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފުމަކީ މަނާކަމެކެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެ ކުށުގެ އަދަބެއްގެ ގޮތުން 500 އާއި 50،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.