ލ. ގަމުގައި ތަރައްގީ ކުރާ ފެނަކައިގެ އާ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދް އާއި ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އަދި ގަމު ހޮސްޕިޓަލްގެ މެނޭޖަރުއަލީ ނަޝީދު އެވެ.
އެ ކުންފުނިން އަޅާ މި އިމާރާތަކީ ދެ ބުރި އިމާރާތެކެވެ. މި އިމާރާތުގެ ތިރީގައި ލޮބީ އަކާއި ރިސެޕްޝަން ހުންނައިރު މީޓިން ރޫމެއްވެސް މި އިމާރާތުގައި ހުންނާނެއެވެ.
މީގެ އިތުރުން މި އިމާރާތުގައި ޕޭންޓްރީއަކާއި ރެސްޓު ރޫމެއްވެސް ހުންނާނެ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ދަނީ އެ ކުންފުނީގެ ހިދުމަތްތަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެ ކުންފުނިން ހިދުމަތް ދޭ ރަށްތަކުގެ އިންޖީނުގެތައް އަޕްގްރޭޑުކޮށްހިދުމަތްތައް ރަނގަޅު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!