ސްޓޭޓް ޓްރޭޑިން އޯގަނަޒައިޝަން (އެސްޓީއޯ) ގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރަކު ހޮވުމަށް ހުޅުވާލައިފިއެވެ.

ކުންފުނީގެ ހިންގާ ގަވައިދުގައިވާ ގޮތުން އާއްމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ހުރެވޭނީ އެއް މެންބަރަކަށެވެ. ސަރުކާރުގެ ފަރާތުން އެސްޓީއޯ ބޯޑުގައި ހަ މެންބަރުންތިބެއެވެ.

Ad
rt

އާއްމު ހިއްސާދާރުންގެ ތެރެއިން ހޮވާ މެމްބަރަކީ އެއް އަހަރުގެ މުއްދަތަށް ހޮވާ މެމްބަރެކެވެ.

މި މަގާމަށް ކުރިމަތިލެވޭނީ އެސްޓީއޯގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެއްސަކަށެވެ. ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތައުލީމާއިތަޖުރިބާ ލިބިފައިވާ ހިއްސާދާރުން އެ މަގާމަށް ކުރިމަތިލުމަށް އެސްޓީއޯއިން އެދެއެވެ.

ބޯޑު މެމްބަރު ކަމަށް ކުރިމަތިލާން ޝައުގުވެރިވާ ހިއްސާދާރުން އަންނަ މަހުގެ 14 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެސްޓީއޯގެސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް އީމެއިލް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ބޯޑު މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އެސްޓީއޯގެ "ބޯޑު ކެންޑިޑެންސީ ގައިޑްލައިން"ގެ ދަށުން އެ ކުންފުނީގެ ނޮމިނޭޝަން އެންޑްރެމިއުނަރޭޝަން ކޮމިޓިން އިންޓަވިއު ކުރާނެއެވެ. އެއަށްފަހު މި އިންޓަވިއު އިން ހޮވޭ މީހުންގެ ނަންތައް އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅާނެއެވެ.

އެސްޓީއޯ ބޯޑަށް އާ މެމްބަރަކު އައްޔަން ކުރާނީ މިއަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާގައެވެ.