ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 66 އަށް އަރައިފި އެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 66 އަށް އަރާފައިވަނީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުން ގެންދިޔަ 66 އަހަރުގެ ފިރިހެނަކު ނިޔާވުމާއި ގުޅިގެންނެވެ.

Ad
rt

އެޗްޕީއޭ އިން މިއަދު ބުނީ، ހަބަރު ހުސްވެގެން އައިޖީއެމްއެޗުގެ އީއާރަށް ރޭ 8:25 ގައި ގެންދިޔަ މީހަކު ރޭ 8:45 ގައި ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެއީ ކޮވިޑު ބަލީގައި ނިޔާވި މީހެއްކަމަށް ވެސް ބުންޏެވެ.

މިއީ ހަތަރު ދުވަސް ތެރޭގައި ރާއްޖޭގައި މިބަލީގައި ނިޔާވި ދެވަނަ މީހާ އެވެ.

މިހާތަނަށް މި ބަލީގައި ރާއްޖޭގައި ނިޔާވެފަައިވަނީ 59 ދިވެހިންނާއި 7 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.