އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ ކުޅުމެޗްގައި އެވަޓަންގެ މައްޗަށް ކުރި ހޯދައި، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް މެންޗެސްޓާ ސިޓީ ކަށަވަރުކޮށްފިއެވެ.
އެވަޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، ސިޓީއިން އެ ޓީމު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗްގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ސިޓީއަށް ލަނޑެއް ޖެހުނީ މެޗް ނިމެން ކައިރިވެފައި ވަނިކޮށެވެ. މިގޮތުން މެޗްގެ 84 ވަނަ މިނިޓްގައި ސިޓީގެ ފުރަތަމަ ލަނޑު ޖަހައިދީ، ލީޑް ނަގައިދިނީ އިލްކާއި ގުންޑޮގާނެވެ.
ސިޓީގެ ދެވަނަ ލަނޑު ފެނިގެން ގޮސްފައި ވަނީ، މެޗްގެ 90 ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ފަރާތުންނެވެ.
އެވަޓަން ބަލިކޮށް އެފްއޭ ކަޕުގެ ސެމީއަށް ސިޓީ ދަތުރުކުރިއިރު، ސައުތެމްޓަން ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ކުއާޓާ ފައިނަލްގެ އަނެއް ދެ މެޗު ކުޅޭނީ އާދީއްތަ ދުވަހުގެރެއެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މެއި މަހުގެ 15 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!