ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކޮށް، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާއިރު، އަތޮޅުގެ ފަތުރުވެރިކަމުގެ ކުރިމަގުގެ ލަގަން ދޯހަޅި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއްގެ މުށު ތެރޭ ހައްޔަރުވެފައި އޮންނަތަން ދެކެން ނުތިބެވޭނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ.
މެންބަރު ރާޢީ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓްވީޓްގައި ވަނީ އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއްގެ ސުރުޚީގެ ސްކްރީން ސޮޓެއް ހިމަނާފައެވެ. އެ ސުރުޚީގައި ވަނީ ''ސަނީފް، ޑރ. މައުސޫމަށް: ހުވަދޫއަކީ ކަންބަޅިއެއް ނޫން، ގުރުބާން ކުރާކަށް'' މިހެންނެވެ.
މެންބަރު ރާޢީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހދ. ގެ ޓޫރިޒަމްގެ ކުރިމަގު ލަގަން ދޯހަޅި އަމިއްލަ ސިޔާސަތެއް ނުވަތަ އެމްޑީޕީގެ އަދި ސަރުކާރާއި ވެސް ގުޅުމެއްނެތް ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއްގެ މުށު ތެރޭ ހައްޔަރުވެފައި އޮންނަތަން ދެކެން ހދ ގެ މެމްބަރުން ތިއްބަވާނެ ކަމަށް އޭނާ ދެކިވަޑައިނުގަންނަވާ ކަމަށެވެ.
މެންބަރު ރާޢީ، މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމަށް ނިސްބަތްކުރަށްވާ މި މޭރުމުން ވިދާޅުވެފައިވާއިރު، ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީވެ، އެކަމުން އަމިއްލަ އަތޮޅުގައި ތިބެގެން ނަފާވެރިކަން ލިބުމަކީ ހދ. އަތޮޅުގެ ރައްޔިތުންގެ ދުވަސްވީ އުންމީދެކެވެ.
ހަވާލުކުރެވުނާ 12 ވަރަކަށް އަހަރުފަހުން 56 ހެކްޓަރުގެ ބިޔަ، ހދ. ހޮނޑާފުށީގައި ތަރައްގީކުރި ރިސޯޓް 18 މާރިޗް 2018ގައި ހުޅުވިނަމަވެސް، އެ ރިސޯޓަކީ މަދު ކޮޓަރިތަކަކާއެކު، އަތޮޅުގެ ރައްޔިތުންނަށް ހަނި ވަޒީފާގެ ފުރުސަތުތަކަކާއެކު ހުޅުވައި ހިންގަންފެށި ރިސޯޓެކެވެ. އެ ރިސޯޓާއިއެކު އަދި ހދ. ރައްޔިތުންގެ އުންމީދުތަކުގައި ކުލައެއް ނުޖެހެއެވެ. އެ އުންމީދަށް ދިރުން ލިބެން އޮތީ، އެ ރިސޯޓު ތަރައްގީކޮށް ފުރިހަމަވެ، ހދ. ރައްޔިތުންނަށް ފުރުސަތުތައް ހުޅުވާލެވިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވިޔަފާރި ކުންފުނި ތްރީއޭ އިން ތަރައްގީކުރި އެ ރިސޯޓް ހުޅުވީ 80 ކޮޓަރިއާ އެކު އެވެ. މާލެއިން އުތުރުގައި އޮތް އެންމެ ހިތްގައިމު އެއް ރަށުގެ ގޮތުގައި ފާހަގަކުރެވޭ ހޮނޑާފުށީގައި ޖުމްލަ 400 ކޮޓަރި ހަދާ ގޮތަށް ވަނީ ޕްލޭންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!