ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ވިދާޅުވި، ''މިނިކާ ބާޒު'' މަޑުމަޑުން ފާޅުވަމުން އަންނަ ކަމަށާއި، އެކަމަށް އިދިކޮޅުން ވިސްނާ ސަމާލުވެތިބުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ.

ރާޢީ މިހެން ވިދާޅުވީ، އުތުރު ތިލަފަޅާއި ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރާޢީ ވިދާޅުވީ، ހިނގަމުންދަނީ މުޅިން ސިޔާސީ ކަމެއް ކަމަށާއި އެކަން ސާފުކޮށްލަ ދޭން ބޭނުންފުޅުވާ ކަމަށެވެ.

''އަޑުއައްސަވާނެ! ކުރީގެ ރައީސް ޔާމީން، މިހާރު ޖަލުގައި އޮންނެވި ރައީސް ޔާމީން މިނިކާ ބާޖެއް އަންނާނޭ. އެ މިނިކާ ބާޒު ފާޅުވަނީ، ފެނިވަޑައިގަންނަވާނެ، ޕީ.ޕީ.އެމް، ޕީ.އެން.ސީގެ ލީޑަރޝިޕަށް އަންނަން ބޭނުންވެފައި ތިބި އެމް.ޕީ ޝިޔާމް، އަދި އެމް.ޕީ ސައީދު، އަދި
އަނގައިން ނުބުނެ އެކަމަކު ވެސް ހިތުތެރޭގައި އޮންނަ އެމް.ޕީ ޝަރީފް، މި ހުރިހާ ބޭފުޅުން މަޑުމަޑުންގޮސް ޢުމަރު ނަޞީރު، ބެންޓެން ޢުމަރު ނަޞީރުގެ ފަހަތަށް މި ވަނީ، ދެން ހަމަ މިގޮތަށް އެކަމަކު ލީޑަރޝިޕުންނެއް ރައީސް ޔާމީން ވެސް، ރައީސް މައުމޫން ވެސް ގެންނަން ބޭނުންވަނީ ރައީސްކަމަށް ގެންނަން ބޭނުންވަނީ އެމް.ޕީ ޣައްސާން. ޣައްސާން ވެސް ކަމަށް އެބަޖެހޭ ވަރަށް ބޮޑަށް ވިސްނަން.'' ރާޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ ފެށިފައި ވަނީ މުޅިން އާ ސިޔާސީ ކަންތައްގަނޑެއް ކަމަށެވެ. އަދި ''ޢުމަރަކީ ކަޅު މާޒީއެއް'' ކަމަށާއި، އަބަދުވެސް ދިވެހިރާއްޖޭގެ ދިފާޢީ ބާރުތަކާ ކުޅުމުގެ މާޒީއެއް އޮތް ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

''މަޑުމަޑުން އެ ބައްޓަމަށް ބައްޓަންވަމުން މި ދަނީ. ގޮސް އެންމެ ފަހުން މިތަނުގައި ހަޅޭއްލަވަލަވާފައި ޕީ.އެން.ސީ، ޕީ.ޕީ.އެމް މި ވަނީ
ޢުމަރުގެ ފަހަތަށް. ދެން އޭގެ މައިގަނޑު ބޭނުމަކީ، ހަމަ މިބުނާހެން މިނިކާ ބާޒު މަޑުމަޑުން ފާޅުވަމުން މި އަންނަނީ. މިއީ ޕީ.ޕީ.އެމް، ޕީ.އެން.ސީގެ ބޭފުޅުން ވިސްނަންޖެހޭ ކަމެއް. މިއަކީ އިތުރު އެއްވެސް ކަމެއް އޮތް ކަމެއް ނޫން މީގެ ޙަޤީޤަތަކީ.'' ރާޢީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހިނގަމުންދާ ކަންކަމުން ލިބޭނެ ރަނގަޅަކީ، ހިންގަމުންދާ ވަގު ވިޔަފާރިތަކާއި ޑްރަގުގެ ވިޔަފާރިތަކާއި، އެވިޔަފާރިތައް ހިންގާ ބޮޑެތި ނެޓްވޯކް ބަންދުވެގެންދިޔުން ކަމަށެވެ.

އުމަރު ނަސީރަށް ފާޑުވިދާޅުވަމުން ރާޢީ ވިދާޅުވީ، ޢުމަރަކީ ދޭތެރެއަކުން ތިމަންނަ ހަދަނީ ދޮގެކޭ ވެސް ވިދާޅުވާ ބޭފުޅެއް ކަމަށާއި، ކުރިއަށް އޮތް
21 ވަނަ ދުވަހު ތިމަންނަ ހެދީ ދޮގެކޭ އުމަރު ވިދާޅުވާނެ ކަމަށެވެ. އަދި ހިންގަމުން ދަނީ އެއްވެސް އުރަތްޕެއްނެތް ސިޔާސީ ކަންތައް ގަނޑެއްކަމަށާއި، އަދި އެއީ އިދިކޮޅުގެ ލީޑަރަކަށް އުމަރު ވުމަށް ކުރާކަމެއްކަން އެންމެނަށް ވެސް ސާފުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.