އަންނަ އާދީއްތަ ދުވަހު ބޮޑު ގިނި ހިލައެއް ދުނިޔެއާ ދެ މިލިއަން ކިލޯމީޓަރު ދުރުން ދައުރު ކުރާނެ ކަމަށް ނާސާއިން ބުނެފިއެވެ.

ނާސާއިން ބުނެފައިވާ ގޮތުގައި މިއީ މިހާތަނަށް ދުނިޔެއާ ކައިރިން ދާ އެންމެ ބޮޑު ގިނި ހިލައެވެ. އެގޮތުން، މި ގިނި ހިލައިގެ ބޮޑު މިނުގައި 3000 ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މި ގިނި ހިލަ ފެނިފައިވަނީ މީގެ 20 އަހަރު ކުރިން 2001 ގައެވެ.

Ad
rt

އެ އެޖެންސީގެ ސައިންސްވެރިން ވަނީ މި ގިނި ހިލަ ދުނިޔެއާ ދެ މިލިއަން ކިލޯމީޓަރަށް ވުރެ ކައިރި ނުކުރާނެކަމުގެ ޔަގީންކަންވެސް ދީފައެވެ.

މި ގިނި ހިލަ ދައުރު ކުރާ މަންޒަރު ދުނިޔޭގެ ދެކުނުގެ ގައުމުތަކަށް ފެންނާނެއެވެ. ނަމަވެސް މި ގިނި ހިލަ ބެލޭނީ ޓެލެސްކޯޕުގެ އެހީގައެވެ.

ނާސާއިން ބުނެފައިވާގޮތުގައި މި ގިނި ހިލައިގެ ސައިޒުގެ އިތުރު ގިނި ހިލަތަކެއް ވެސް ވަނީ ފެނިފައެވެ. ނަމަވެސް ކުރިއަށް އޮތް ގަރުނުގައި ވެސް މިއިން އެއްޗެއްގެ ސަބަބުން ދުނިޔެއަށް ގެއްލުމެއް ވެދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ސައިންސްވެރިން ބުނެއެވެ.