ބަނގުރާ ފުޅިއަކާއެކު ފުލުހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިއަކާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހުގެ24 ވަނަ ދުވަހުގެ ރޭވެސް ވަނީ ބަނގުރާފުޅިތަކަކާއި އެކު 2 ޒުވާނަކު މަގުމަތިން ހައްޔަރުކޮށްފަ އެވެ. އެ މީހުން ހުއްޓުވުމުން އެ މީހުން ގެންގުޅުނު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ފުޅި މަގުމައްޗަށް ވައްޓާލާ ތަޅާލާފައިވެއެވެ.

އެ ދެ މީހުން ހުއްޓުވީ ވަންވޭއާ ހިލާފަށް ދުއްވަމުން ދަނިކޮށެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ދަނިކޮށެވެ.