ރިސާޗު ކުރާ ފަރާތްތަކުން އެންޑްރޮއިޑް ގެންގުޅޭ ފަރާތްތަކަށް ޕްލޭ ސްޓޯރުން އަށް އެޕެއް ޑައުންލޯޑު ނުކުރުމަށް އިންޒާރު ދީފިއެވެ.
މި ފަރާތްތަކުން ބުނާ ގޮތުގައި މި އަށް އެޕް އެޅުމުން ފޯނުގެ ކޮންޓްރޯލް އެ އެޕްގެ ވެރިފަރާތަށް ލިބި ބޭންކުގެ މައުލޫމާތުވެސް އޭނާއަށް ލިބޭނެއެވެ. އެހެންކަމުން އޭނާއަށްއެ މީހެއްގެ އެކައުންޓުތަކުގައި ހުންނަ ފައިސާ ވަގަށަ ނެގޭނެއެވެ.
ޗެކް ޕޮއިންޓް ރިސާޗަކީ ސައިބާ ވައްކަން ހުއްޓުވުމަށް ދިރާސާ ކުރާ ބައެކެވެ. އެ ޖަމިއްޔާއަށް މި އެޕުތަކުގެ މައުލޫމާތު މި ޖެނުއަރީ މަހު ވަނީ ލިބިފައެވެ. އަދި މިހާރު ވަނީއެކަން ގޫގުލްއަށްވެސް އަންގައިފައެވެ.
ގޫގުލް އިން ވަނީ މި އެޕުތައް ޕްލޭ ސްޓޯރުން ބޭން ކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް މިއެޕުތައް ޑައުންލޯޑުކޮށްފައި ހުރި މީހުންގެ ފޯނުން އަދިވެސް ވައްކަންކުރެވިދާނެއެވެ.
ފޯނުގެ ކޮންޓްރޯލް ހެކް ކުރެވޭ އެޕްތައް:
- ކޭކް ވީޕީއެން
- ޕެސިފިކް ވީޕީއެން
- އީވީޕީއެން
- ބީޓް ޕެލޭޔާ
- ކިޔު އާރު/ ބާރ ކޯޑް ސްކޭނާ މެކްސް
- މިޔުޒިކް ޕްލޭޔާ
- ޓޫލްޓިޕްނޭޓާ ލައިބްރަރީ
- ކިޔު އާރު ރެކޯޑާ
މި އެޕްތަކުގެ ތެރެއިން އެއްވެސް އެޕެއް ފޯނުގައި އިންނަމަ ވަގުތުން ޑިލިޓް ކުރުމަށް ޗެކް ޕޮއިންޓް ރިސާޗުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!