ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ހަވާއީގައި ސްޓޭޓް އޮފް އިމާޖެންސީ އިއުލާން ކޮށްފިއެވެ.

ފެން ބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެހެން ކަމުން އެ ގެތަކުގައި ދިރިއުޅޭ މީހުން މިހާރުވަނީ ރައްކާތެރި ތަންތަނަށްބަދަލުކޮށްފައެވެ.

Ad
rt

ހަވާއީގެ ގަވަރުނަރު ވަނީ މި ކާރިސާގައި ގެއްލުންވި މީހުންނަށް ސްޓޭޓުގެ ޖެނެރަލް ފަންޑުން އެހީވުމަށް ނިންމައިފައެވެ. މިދިޔަ އަންގާރަ ދުވަހު ސޮއި ކުރި މިއެއްބަސްވުމުގެ ދަށުން މާދަމާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި އެހީތެރިކަން ހަވާއީގެ އިތުރުން މައުއީ އާއި ކަލަވާއޯ އާއި ކައުއީ އަދި ހޮނުލޫލޫ ގައި މި ކާރިސާގެ ސަބަބުން ގެއްލުންވި މީހުންނަށްވެސް ދޭނެއެވެ.

ފެން ބޮޑުވުމޔގެ ސަބަބުން މި ސަރަހައްދުތަކުގެ ގެތަކުގެ އިތުރުން މަގުތަކަށްވެސް ވަނީ ގެއްލުންވެފައެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިނުވެއެވެ.

މައުވީގެ ކައުންޓީ މޭޔާ ވިދާޅުވިގޮތުގައި މިއީ 25 އަހަރު ތެރޭގައި އެ ސަރަހައްދަށް އެންމެ ބޯކޮށް ވާރޭ ވެހުނު ފަހަރެވެ. މައުވީގެ ބައެއް ހިސާބުތަކަށް 3-19 އިންޗިއާހަމައަށް ވަނީ ވާރޭ ވެހިފައެވެ.