ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަހާ ޖައްރާފު ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ ޑްރެޖަރު ގެންދެވުމާއެކު ވަރަށް އަވަހަށް ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

Ad
rt

ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

އެމްޓީސީސީގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، މިބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެއެވެ. މިއީ ބިން ހިއްކުމަށް ބޭނުން ކުރާ އެންމެ ޒަމާނީ އުޅަނދުތަކުގެ ވެސް ސްޕެސިފިކޭޝަނެވެ.

މި އުޅަނދު ބޭނުން ކޮށްގެން ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރަން އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.

މަހާ ޖައްރާފު ގެނައި އިރު ބޭރުގެ މުވައްޒަފުން ތިބި ނަމަވެސް މިވަގުތު އެ އުޅަނދުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިންނެވެ.