ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ހިންގާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންގެންދާ އަސާސެއް ނެތް ވާހަކަތައް އެކުންފުނިން ދޮގުކޮށްފި އެވެ.

އެކުންފުނިން މިކަން ކުއްވެރިކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ، ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުންދާ ކުރިއެރުންތަކާއި ފަޚުރުވެރި ރީތިނަމާއި ކާމިޔާބީތަކާމެދު ޙަސަދަވެރި ނިޔަތެއް އޮވެގެންކުރަމުން އަންނަ ކަމެއް ކަމަށެވެ.

Ad
rt

ކުންފުނީގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ، ސިލްސިލާ ފިނޑި ޢަމަލުތަކުގެތެރެއިން ކަމެއް

ފެނަކައިގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެނޫސްބަޔާނުގައި ބުނެފައިވަނީ، 18 ޑިސެމްބަރ 2018 ގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ޙަވާލުވުމަށްފަހު، އެ ކުންފުނިން ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ނަޒާހާތްތެރިކަން ކަށަވަރު ކުރެވެނިވި ގޮތެއްގައިކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށްއަރުވާ ކަމަށެވެ.

އަދި އެނޫން މަގަކުން ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅައި، އެފަދަކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް އެކުންފުނީގައި ޤާއިމްކޮށް ޢަމަލުކުރަމުންދާކަމުގައި ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ޤަވާޢިދެއް ނުވަތަ ޢުސޫލެއްވިޔަސް މިއަދުގެ މެނޭޖްމަންޓުން ހަދާފައި ނުވާއިރު، ފާއިތުވެދިޔަ ކިލަނބު މާޒީގައި އެކުލަވާލެވިފައިވި އެފަދަ ޤަވާޢިދުތަކާއި އުސޫލުތައްވެސް ބަދަލުކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ހަރުދަނާކަމާއެކު ޚިދުމަތް ފޯރުކޮށްދެމުންދާ ކަން ފާހަގަކުރަމެވެ.

އެކުން ފުނީގެ ނޫށްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެކުންފުނީގެ ކުރީގެ މެނޭޖްމަންޓުތަކުން ހިންގާފައިވާ ޢަމަލުތަކެއްގެ ސަބަބުން އަދުގެ މެނޭޖްމަންޓަށާއި މިއަދު ކުންފުންޏަށް ކިލަނބު ނަން ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމީ އެކުންފުނީގެ އަދުގެ މެނޭޖްމަންޓުން ނުހަނު ހިތާމަކުރާ ކަމެއްކަމުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ ޢާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ މިފަދަ ކުންފުންޏަކާ ގުޅޭގޮތުން އެކިފަރާތްތަކުން އުފައްދައި ހުށަހަޅާ އަސާސެއްނެތް އެންމެހާ ކަންކަން ހަރުދަނާކަމާއެކު ތަފްޞީލީ ގޮތެއްގައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބަލައި ދިރާސާ ކުރައްވައިގެން، ކަމުގެ ހަޤީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް މަޢުލޫމާތު ޢާންމު ކުރެއްވުމަށް، ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށްވެސް ނުހަނު އިޚްލާޞްތެރިކަމާއެކު އެކުން ފުނިން އިލްތިމާސްކޮށްފައިވެއެވެ.