މާދަމާ ހެނދުނު މަޖިިލިސްއަށް ވަޑައިގަންނަވާނީ މަގާމްގެ ދިފާއުގައި ނޫންކަމަށާއި، ވަޑައިގަންނަވާނީ ޤާނޫނުއަސާސީގެ މާއްދާ 27ގެ ދިފާއުގައި ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މާއްދާ ހަތާވީހަކީ ދިވެހި ރާއްޖެގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ''ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން'' (މާއްދާ 27:އެ މާއްދާގެ މިނިވަން ކަމާއި އެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާ ގޮތެއްގެ މަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަންމެ މީހަކަށްމެ ލިބިގެންވެއެވެ.) ''ބަޔާން ކުރާ މާއްދާއެވެ.

Ad
rt

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މަލީޙް ވިދާޅުވީ، އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާނެ ފަދަ ގޮތަކަށް ކޮންމެ ދިވެއްސަކަށް ވެސް ދުލާއި ގަލަމުގެ ބޭނުންކޮށްގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާކަމަށެވެ.

މީގެއިތުރުން މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި މަލީހް ވިދާޅުވީ، މަޖިލީހުގެ ވަކި ފެކްޝަނަކުނެއް ހުދުމުޚުތާރުވެ، ޤާނޫނުއަސާސީ ވަނީ ތަރިކަ މުދަލަށް ހަދާފައި ކަމަށެވެ. އަދި އަސާސެއް ނެތް ކަމެއްގައި ދޮގު އިލްޒާމެއް އަޅުވާ، ދޭން މަސައްކަތް ކުރާ އަދަބު ބޭޒާރު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭއިންސާފުގެ މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެ ކަމަށާއި، ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް އިޝާރާތްކޮށް މަލީޙް ކުރިން ވަނީ ބިރު ނުދެއްކޭނެ ކަމަށާއި، ހަކުރާގޭ ފެންޑާގައި އެކޮކޮޅުން އެލުވިޔަސް މާއްދާ ހަތާވީހުގެ ބޭނުން ހިއްޕަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަސާސެއް ނެތް ކަމެއްގެ އިލްޒާމު އަޅުވާ، އަދަބު ދޭން އުޅުމަކީ ދުސްތޫރާ ޚިލާފު ކަމެއް ކަމާއި، ކުރައްވަން ޖެހޭ އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލާފައިނުވާނެ ކަމަށް ވެސް އޭނާ ވަނީ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މަލީޙްގެ އިތުބާރުގެ މައްސަލަ މާދަމާ މަޖިލިސް ތަޅުމުގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، މިހާތަނަށް ފެތުރުނު އަޑުތަކަށް ބަލާއިރު، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ވެސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް މަލީޙް ވަކިކުރަން ވޯޓު ދޭނެ ކަމަށް ވަނީ އަޑު ފެތުރިފައެވެ.