މާލޭ ސިޓީގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި އަނިޔާވި މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަކަމަށެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެސްބީއައި ކައިރީގައި ހުންނަ ގެއެއްގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެސަރަހައްދުގައި ހުރި މީހަކު ''ތިލަދުން''އަށް ބުނީ ބާރު ގޮވުމެއްގެ އަޑާއެކު ގިނައިރުތަކެއްނުވެ އެމްއެންޑީއެފުން ވެސް އެތަނަށް ދިޔަކަމަށެވެ. އަދި އެ ގޭސްފުޅި ގޮވި އިމާރާތުން މީހުން މަގުމައްޗަށް ނުކުމެފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ފޮޓޯ: ކިޔުންތެރިއެއް

އެ ސަރަޙައްދުގައި ހުރެ މަޢުލޫމާތު ދިން މީހާ ބުނީ، އެ ސަރަޙައްދުގައި މިހާރު ސިފައިންނާއި، ފުލުހުން ވެސް ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި އެއްވެސް އަލިފާނުގެ އަސަރެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.